ގިނަ ރައްޔިތުންގެ ޝަކުވާތަކާ ގުޅިގެން މިރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދަޅުވީ ރައީސް ސޯލިހްގެ ނޫސްވެރިންގެ ބައްދަލުވުން މިރޭ 10:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ މިހާރުގެ ހާލަތާއި މިބަލި މަޑުކަމުން އަރައިގަތުމަށް އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވާނެ ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.
ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ބޮސުންލާފައިވަނިކޮށް އެކަމާ ގުޅިގެން ރައްޔިތުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލު ނުކުރައްވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަދި މިކަމުގައި ސަރުކާރުގެ އިސްވެރިންގެ ކަންބޮޑުވުންތައް ނުފެންނަ ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.
އެންމެ ފަހުން ރައީސް ނޫސްވެރިންނާއި ބައްދަލުކުރެއްވީ މިދިޔަ އޭޕްރިލް މަހުގެ 12 ވަނަ ދުވަހުގައެވެ.
މާލެއިން ޓެކްސީއެއް ހޯދުން: ކުޑަ ވަރެއްގެ ހަނގުރާމައެއް!
ޑެންގީ ޖެހިގެން ރިޕޯޓުކުރާ މިންވަރު އިތުރުވެއްޖެ: އެޗްޕީއޭ
ދިރާގުން ދޭ އައިފޯން 17 ޕްރޯ މެކްސްގެ ނަސީބުވެރި ފަރާތް ހޮވައިފި