ނައިބު ރައީސް ފައިސަލް ނަސީމް ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް ނައިބު ރައީސްގެ ހާލުކޮޅު ރަނގަޅު ކަމަށެވެ. އަދި އެމަނިކުފާނު ވަނީ އައިސޮލޭޝަންގައި ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.
މީގެކުރިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި ރައީސްގެ މަންމާފުޅު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެ ދެ ބޭފުޅުން ވެސް މިހާރު ވަނީ ބަލިން ފަސޭހަވެފަ އެވެ.
ރައީސް މަންމާފުޅު ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ވެސް ފަރުވާދީފައިވެ އެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ ފުލުހުން ދޭ ޚާއްސަ ހުއްދައިގެ ދަށުން ނޫނީ މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުން ގެއިން ބޭރަށް ނުކުތުން ވަނީ މަނާކޮށްފަ އެވެ.
ހެނދުނު ހޭލުމަށްފަހު ނިދި ފިލުވާލަން ކޮފީ ނޫން ގޮތެއް!
އިތުރު ވަސީލަތްތަކާއެކު ރަސްފަންނު ތަރައްގީކުރަން ފާސްކޮށްފި
މުއިއްޒުގެ މޭޔަރު ކަމުގެ މައްސަލައެއް ބަލަން ފާސްކޮށްފި
