މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ވެހިކަލަކުން ޖެހި މީހެއްގެ ސައިކަލަކަށް ގެއްލުންވި މައްސަލައިގައި ބަދަލު ދޭން ހުކުމްކޮށްފި އެވެ.

އެމްއެންޑީއެފްގެ ވެހިކަލަކުން ޖެހި ގެއްލުންވެފައި ވަނީ، އަމީނީމަގުން އެމްއެންޑީއެގް ކާރެއް ދުއްވާފައި ދަނިކޮށް ސައިކަލެއްގެ ޖެހުމުން، އެ ސައިކަލުގެ ވެރި ފަރާތުން ގެއްލުމުގެ ބަދަލު ހޯދަން ހުށަހެޅުމުންނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގެއްލުންވި މައްސަލައިގައި ދައުލަތުން ބޭނުންވީ ކޯޓު މެދުވެރިކޮށް، ބަދަލު ދޭށެވެ. އެ މައްސަލަ ފުލުހުން ތަހުގީގުކުރި އެވެ.

އެ ސައިކަލުގެ ވެރިފަރާތުން ސިވިލް ކޯޓުގައި ދައުވާ ކުރުމުން ދައުލަތުން ވަނީ ސައިކަލަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 7،500 ރުފިޔާ ދޭން އެއްބަސްވެފަ އެވެ. އެގޮތަށް ދެ ފަރާތުން އެއްބަސްވުމުން އެއް މަސް ތެރޭގައި އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން މިދިޔަ ހަފުތާގައި ވަނީ އަމުރުކޮށްފަ އެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައިި ދައުލަތުން ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކަށް ދޭންޖެހޭ މައްސަލާގައި ގިނަ ބައެއް ފާޑުކިޔުން ކުރިން އަމާޒުވި އެވެ.