އުރީދޫގެ ކަސްޓަމަރުންނަށް މާދަމާއިން ފެށިގެން ހިލޭ ޑޭޓާ ދޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ގަތަރުގެ ކުންފުނިން މިއަދު ބުނީ އުރީދޫގެ ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ދިނުމަށް ހަމަޖެއްސީ ކޮވިޑްގެ މިހާލަތުގައި ގޭގައި ގިނަ ފަރާތްތަކެއް މަޑުކުރުމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ.
މާދަމާއިން ފެށިގެން އުރީދޫ ޕޯސްޓްޕެއިޑާއި ޕްރިޕެއިޑް އަދި ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ލިބޭ މި ހާއްސަ އޮފާތަކާއެކު، ގޭގައި ތިބެގެން އާއިލާ އާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށް، އެހެނިހެން ޑިޖިޓަލް ހިދުމަތްތައް ވެސް ބޭނުންކުރުމުގައި ލުޔެއް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން މި ހާއްސަ އޮފާތައް އަލުން ދިނުމަށް ނިންމާފައި ވަނީ މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް މެދުކެނޑުމެއް ނެތް، ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތެއް ލިބުމަކީ މުހިންމުކަމެއް ކަމަށް ދެކިގެން ކަމަށް އެ ކުންފުނިން ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ ކޮވިޑްގެ ޕެންޑެމިކް ފެށުނީއްސުރެ އެ ކުންފުނީގެ ކަސްޓަމަރުންނަށާއި މުޖުތަމައަށް އަދި އެ ކުންފުނީގެ ޓީމަށް ވެސް އުރީދޫން އެކި ގޮތްގޮތުން އެހީ ފޯރުކޮށްދެމުންދާ ކަމަށެވެ.
އެގޮތުން އަލަށް ލޯންޗުކުރި ހާއްސަ އޮފާތަކާއެކު ލުޔެއް ލިބިގެންދާނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
މާދަމާ އުރީދޫއިން ލިބޭ ހާއްސަ އޮފާތައް:
- ސުޕަނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 50 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ.
- ފަސޭހަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް30 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ.
- ޕްރިޕެއިޑް ޑެއިލީ އަދި ވީކްލީ ޑޭޓާ އެޑް-އޮންސް ގަންނަ ފަރާތްތަކަށް 200 ޕަސެންޓާ އާއި ހަމައަށް އިތުރު ޑޭޓާ ލިބުން. މި އެޑް-އޮންތައް "މިހާރު ވަރަށް ތަފާތު އެކު ޕޯސްޓްޕެއިޑް" އަދި "އާޗާ ޕޯސްޓްޕެއިޑް" ގެންގުޅޭ ފަރާތްތަކަށް ވެސް ލިބޭނެ.
- ޕޯސްޓްޕެއިޑް މަންތްލީ ޑޭޓާ ނަންގަވާފަރާތްތަކަށް 50 ޕަސެންޓާ އާއި ހަމައަށް އިތުރު ޑޭޓާ.
- ސޯޝަލް މީޑިއާ އަށް، ގޭމް ކުޅުމަށް އަދި އޮންލައިން ސްޓްރީމިންގ އަށް ހާއްސަ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ޕެކްތަކަށް 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ.
- މާދައިގެ ކުރިން ތިބި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވައިބަރ މެދުވެރިކޮށް ހިލޭ މެސެޖެ ފޮނުވުން.
- ޕްރިޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑިޕޮސިޓަކާ ނުލާ މިހާރު "އެކު ޕޯސްޓްޕެއިޑް" "ތަފާތު ޕޯސްޓްޕެއިޑް" އަދި "އާޗާ ޕޯސްޓްޕެއިޑް" އަކަށްވެސް އަޕްގްރޭޑްކޮށްލެވޭނެ.
- އާޗާ 1ޖީބީ/ޑޭ ޕްލޭންސްއަށް ދެ ގުނަ ޑޭޓާ، މިގޮތުން ދުވާލަކު ދެ ޖީބި ލިބިގެންދާނެ.
- މަގޭ ޕްލޭން އެކްސްކްލޫސިވް އޮފާއާއެކު އުރީދޫ އެޕް މެދުވެރިކޮށް 100 ޕަސެންޓަށް ވުރެގިނަ ޑޭޓާ.
- ފޭސްބުކް ފްލެކްސް މެދުވެރިކޮށް ހިލޭ ފޭސްބުކް ބޭނުންކޮށްލެވުން.
އުރީދޫން މާދައިން ފެށިގެން އިތުުރު ޑޭޓާދޭއިރު އެ ކުންފުނިން އިއްޔެ ވަނީ ސްކޫލް ކުދިންނަށް ހާއްސަ ޕެކޭޖުތަކެއް ވެސް ތައާރަފުކޮށްފަ އެވެ.