ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި އެމްޓީސީސީގެ މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.
"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި މިއަދު މެންދުރުފަހު 15:00 ގައި އެމްޓީސީސީ އޮފީހުގައި ހުއްޓައި ހައްޔަރުކުރީ އެތަނުގެ ފިރިހެން މުވައްޒަފެކެވެ.
ހައްޔަރުކުރުމަށްފަހު އޭނާ ގޮސްވައިގެން ގޮސް ދިރިއުޅޭގެ ބަލައި ފާސްކޮށްފައިވެ އެވެ.
އޭނާ އަށް ފުލުހުން ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ދީނީ ނުވަތަ ހައްދު ފަހަނަ އެޅި ފިކުރެއް ކުރި އެރުވުމަށްޓަކައި މާލެ ސަރަހައްދުގައި ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރުމާއި އިސްލާމް ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމަށް ކްލާސްތައް ބޭއްވުމާއި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރުމާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުން ހިމެނެއެވެ.
ރާއްޖެއިން ބޭރުގައި ހިނގާ ދާޚިލީ ހަނގުރާމަތަކަށް ޖިހާދުގެ ނަމުގައި ރާއްޖެއިން މީހުން ފޮނުވުމުގެ އިތުރުން ޓެރަރިސްޓް ހަމަލާތަކެއް ދިނުމަށް ރާވަމުން ދާ ކަމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ.
ގަދަ 16ގެ ޖާގަ ހޯދުމުން މިއަދު ޕެރަގުއޭގެ ސަރުކާރު ބަންދު
އީސީއަށް އައްޔަނުކުރި ޝަކީލަށް މަޖިލީހުން ރުހުން ދީފި
ފައިނޭންޝަލް އެކްސްޕޯއަށް ޒިޔާރަތްކޮށްގެން 25،000ރ. ހޯދިދާނެ

އެއްވެސް މުސްލިމަކު މާތްﷲ އާއި އެކަލާގެ ރަސޫލާ އަށް ހަޖޫ ޖަހާ އިރު ރުހިގެން ނުހުންނާނެ..އެފަދަ ބަޔަކަށް ސަލާމަތެއް ނެތް...
ﷲއާއި ރަސޫލާއަށް ފުރައްސާރަކުރާ މީހުންނާ ފުރިހަމަ މުސްލިމުން ދެކޮޅުވާނެ