ކޮވިޑު-19 ރާއްޖެއިން ފެނުމާ ގުޅިގެން އިިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހާ ހަމައަށް ދަންމާލައިފި އެވެ.

މިނިސްޓަ އޮފް ހެލްތު އަހުމަދު ނަސީމް ސޮއިކުރައްވައި ނެރުއްވި ގަރާރުގައި ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، މި ކުއްލި ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދެވުމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވާފައިވާ ކަމަށެވެ.

ރާއްޖޭގައި އަދިވެސް އިތުރަށް ކޮވިޑު ފެތުރުމުގެ ނުރައްކާ އޮތުމުން މާޗު 12، 2020 ގައި އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އަންނަ މަހުގެ ތިނަކާ ހަމައަށް ދަންމަން ނިންމީ ކަމަށް އެ ގަރާރުގައި ނަސީމް ވިދާޅުވި އެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލަން ނިންމިއިރު، ރާއްޖޭގައި ފާއިތުވި ހަފުތާތަކުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ރިކޯޑު މިންވަރަކަށް އިތުރުވި އެވެ.

ނަމަވެސް އެ ނަމްބަރުތަކަށް މިހާރު ވަނީ ދަށްވުމެއް އައިސްފަ އެވެ