އިތުރު 341 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 160 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 153 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން 28 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 69،213 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 15،621 ގައި މިހާރު ހުރިއިރު 53،392 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.
މި ބަލި ޖެހިފައިވާ 146 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 191 މީހަކު ވަނީ މަރުވެފަ އެވެ.
އަތޮޅުތަކުގައި ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ފުލުހުން ދޭ ހުއްދައެއްގެ ދަށުން ނޫނީ މާލޭގައި ގެއިން ބޭރަށް ނުކުތުން ވަނީ މަނާކޮށްފަ އެވެ.
ކޮންގޯގެ "ސްޓެޗޫ" ސަޕޯޓަރަށް އެމެރިކާގެ ވިސާއެއް ނުލިބުނު!
ޕާކިސްތާނުގައި ތަނެއްގެ ފުރާޅު ވެއްޓި 14 ކުދިން މަރުވެއްޖެ
ހާލާންޑްގެ ލަނޑާއެކު ނޯވޭ ގަދަ 16 އަށް
