ކުއްލި ހާލަތުގައި އެމްބިއުލާންސް ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ދިނުމަށް އިމަޖެންސީ މެޑިކަލް ސަރވިސް ތައާރަފްކޮށް ހާއްސަ ނަންބަރެއް ހަމަޖައްސައިފި އެވެ.
އިމަޖަންސީ މެޑިކަލް ސާވިސް އަށް ގުޅުއްވޭނީ 100 މި ނަންބަރުންނެވެ.
އިމަޖެންސީ މެޑިކަލް ސާވިސް ތައާރަފް ކޮށްފައިވާކަން ހާމަކޮށްފައިވަނީ މިހާރު ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒެވެ.
އޭނާ ވިދާޅުވީ، އިމަޖަންސީ މެޑިކަލް ސަރވިސް އުފައްދާފައިވަނީ މިނިސްޓްރީ އޮފް ހެލްތުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އެހީތެރި ކަމާއި އެކު ކަމަށެވެ. މިވަގުތު އެންމެ އިސްކަމެއް ދޭނީ މާލެ ސަރަހައްދުގައި މިވަގުތު ތިބި ކޮވިޑް ބަލި މީހުންގެ ތެރެއިން އިމަޖެންސީ ހިދުމަތް ބޭނުންވާ ފަރާތްތަކަށް ކަމަށް މަބްރޫކު ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި އިމްޖެންސީ މެޑިކަލް ސަރވިސް ތައާރަފް ކޮށްފައިވަނީ ކޮވިޑް-19 ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން ހާލު ދެރަވެގެން ފަރުވާ ހޯދަން ޖެހޭ ފަރާތްތަކަށް އެމްބިއުލާންސްގެ ހިދުމަތް ނުލިބޭ ކަމަށް ބުނެ، ގިނަ ބަޔަކު ސަރުކާރަށް ފާޑު ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ޝޭމްޕޫ އަދި ކޮންޑިޝަނާގެ މަސައްކަތް މުޅިން ތަފާތު!
"ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ"އާއެކު މުޅިން އާ ބާބެއް!
ހެނދުނުގެ ނާސްތާ ދޫކޮށްލާނަމަ "ގޯލްބްލެޑާ"އަށް އަސަރުކުރޭ!