އަބުރު ބިލު ފާސްކުރިޔަށް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ނުކުރާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރަށް ފޮނުވަން ނިންމި 28 ބިލެއްގެ ތެރޭގައި އަބުރާ ބެހުމުގެ ސަބަބުން ގެއްލުމުގެ ނަގައިދިނުމުގެ ބިލުގެ ނަމުގައި ބިލެއް ފޮނުވަން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ނިންމައިފަ އެވެ.

އެ ބިލު މަޖިލީހަށް ފޮނުވުމުން މީޑިއާތަކުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން އެޖީ އޮފީހުން ބުނީ ސަރުކާރުގެ ވިސްނުމަކީ އަބުރާ ބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ބޭއްވުން ކަމަށެވެ. އަދި އެ ބިލު ބައްޓަން ކުރަނީ ވެސް އެގޮތަށް ކަމަށް އެ އޮފީހުން ބުންޏެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭ ގޮތަށް ބިލު ބައްޓަމެއް ނުކުރާނަން. މީޑިއާތައް ބޮޑެތި އަދަދުން ޖޫރިމަނާއެއް ނުކުރާނަން،" އޭޖީ އޮފީހުން ބުންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަބުރުގެ ގާނޫނެއް ފާސްކުރުމުން އެކަމަށް އެންމެ ބޮޑަށް އެކަމަށް ފާޑުކިޔަމުންދިޔައީ މިހާރު ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީންނެވެ.

ސަރުކާރުން ހުށަހަޅާ އަބުރުގެ ބިލާ ގުޅޭ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.