އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މާލެއިން ބިމެއް 2.1 މިލިއަން ރުފިޔާއަށް ގަނެފި އެވެ.

މިދިޔަ އަންގާރަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން ހ. ގްލިސްޓާ 650 އަކަފޫޓުގެ ބިން އާޒިމް ގަނެފައި ވަނީ އަކަފޫޓެއްގެ 3،368.89ރ. ގެ ރޭޓުން، ޖުމްލަ 2،189،781ރ. އަށެވެ.

އެ ބިމުގެ މިލްކުވެރިންނަކީ މއ. ހަނދުވަރީވިލާ އައިމިނަތު އިބްރާހިމް ދީދީ އާއި އައިޝަތު ސީމާ، މުހައްމަދު ޝިޔާމް، އަލީ ޝިޔާމް އަދި އަބްދުﷲ ޝިޔާމްގެ ނަމުގައިވާ 650 އަކަފޫޓުގެ ގޯއްޗެވެ.

އެ ހުކުމުގައި ބުނެފައި ވަނީ އެ ބިން އާޒިމް ގަނެ، ވިޔަފާރި އަގުދުކޮށް، ވިޔަފާރިގެ އަގު ހަލާސްކޮށްފައިވާތީ އެ ވިޔަފާރި ސައްހަ ކަމަށެވެ.

އާޒިމްއަކީ މާލޭގައި ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަނާއި ރިއަލް އެސްޓޭޓް ވިޔަފާރިކުރާ އާރުސީސީގެ ހިއްސާ އޮންނަ އަބްދުއް ރަޝީދު އެންޑް ފެމެލީ ޕްރައިވެޓް ލިމިޓެޑްގެ އެއް ހިއްސާދާރެވެ.