ރައްޔިތުންގެ މަޖިލީހުގައި ހުންނަ ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ އޮފީހުގެ ބޭރުގައި "ސާލިހު ޕާޓީ" އާއި މޯލްޑިވްސް މިލިޓަރީ ޕާޓީ (އެމްއެމްޕީ) ޖެހި ބައެއް ބަލައިދޭން ޖޭޕީން މަޖިލީހުގެ އިދާރާގައި އެދިއްޖެ އެވެ.

މަޖިލީހުގެ އިދާރާ އިން ކޮންމެ ސިޔާސީ ޕާޓީއަކަށް އޮފީހެއް ދޫކުރައްވަ އެވެ. ޖޭޕީގެ އޮފީސް މަޖިލީހުގެ ފުރަތަމަ ބުރީގަ އެވެ. އެ އޮފީހުގެ ބޭރުގައި މިއަދު މެންދުރެއްހާއިރު ވަނީ "ސާލިހު ޕާޓީ" އާއި "އެމްއެމްޕީ" ޖަހާފައިވާ ކަރުދާސްގަނޑެއް ތައްކޮށްފަ އެވެ. އެ ލިޔުން ފެނިފައި ވަނީ މިއަދު މެންދުރު ފަހުންނެވެ.

މޯލްޑިވްސް މިލިޓަރީ ޕާޓީ (އެމްއެމްޕީ) ނިސްބަތް ކޮށްފައި ވަނީ ދަނގެތި ދާއިރާގެ މެމްބަރު އަދި ސިފައިންގެ އޮފިސަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށެވެ. "ސާލިހު ޕާޓީ" ނިސްބަތް ކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.

ޖޭޕީގައި ހުންނެވި ނާޒިމް މިހާރު ވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފަ އެވެ. "އެމްއެމްޕީ" އޭނާ އަށް ނިސްބަތްކުރީ އެހެންވެ ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮބައޮތެވެ. ޖޭޕީ ޕާޓީއަށް ނިސްބަތްވާ

ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ، އެ ކަރުދާސްގަނޑު ތައްކުރި ބަޔަކު ހޯދަން މަޖިލީހުގެ އިދާރާގެ ސީސީޓީވީ ފުޓޭޖު ބަލައިދޭން އެ ޕާޓީން މަޖިލީހުގެ އަމީން އާންމުގެ އަރިހުގައި އެދިފައިވާ ކަމަށެވެ.

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ އޮފީހުގެ ބޭރުގައި "ސާލިހު" ޕާޓީ އާއި "އެމްއެމްޕީ" ޖެހިއިރު މަޖިލީހުގައި މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދެ ފެކްޝަންގެ އަރައިރުމާ ހެދި ޓެކްސް ގާނޫނުގެ އިސްލާހުތަކަށް ވޯޓަށް ނޭހި ފަސްކުރަން ޖެހިފަ އެވެ.