އެމެރިކާގެ ހަތިޔާރު އުފައްދާ ކުންފުންޏަކުން ލެގޯ ޑިޒައިނަށް ބަޑިއެއް އުފެއްދުމުން ބޮޑު މައްސަލަ ގަނޑެއް އުފެދިއްޖެ އެވެ.

ކުޑަކުދިންގެ ކުޅޭ އެއްޗެއް ކަމަށްވާ ލެގޯގެ ޑިޒައިނަށް ހަދާފައިވާ މި ފިސްތޯލައިގެ ސަބަބުން އެ ގައުމުގެ އެތައް ސަތޭކަ ކުޑަކުދިންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ގިނަ ބަަޔަކު ދަނީ ބުނަމުންނެވެ.

އެކި ކުލަތަކުން ޒީނަތްތެރި ކޮށްފައިވާ މި ފިސްތޯލައަކީ ސެމީ އޮޓެމެޓިކް ހަތިޔާރެކެވެ. މި ފިސްތޯލައިގެ އަގަކީ 549 އެމެރިކާ ޑޮލަރާއި 765 އެމެރިކާ ޑޮލަރާ ދެމެދުގެ އަގެކެވެ.

މި މައްސަލައާ ގުޅިގެން ލެގޯ ބިލްޑިންގް ބްލޮކްސް އުފައްދާ ކުންފުނިން ވަނީ ފިސްތޯލަ އުފެއްދި ކަލްޕާ ޕްރިޝަންއަށް ވަގުތުން ވަގުތަށް މި ފިސްތޯލަ އުފެއްދުން ހުއްޓާލުމަށް ގޮވާލާފަ އެވެ.

ލެގޯ އުފައްދާ ކުންފުނީގެ ފައުންޑަރު ޝެނަން ވަޓްސް ބުނީ އޮޅިގެން ފިސްތޯލައިން ވަޒަން ޖެހިގެން ޒަހަމްވާ ކުދިންގެ އަދަދު މިދިޔަ އަހަރުގެ ތެރޭގައި 30 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. މިފަދަ ހާދިސާތަކުގައި މިދިޔަ އަހަރު 142 މީހުން މަރުވެފައި ވާކަމަށް އޭނާ ވިދާޅުވި އެވެ.

ކަލްޕާ ޕްރިޝަންގެ ސީއީއޯ ބްރޭންޑަން ސްކޮޓް ވަނީ ލެގޯ ކުންފުނީގެ ނޯޓިސް ލިބިފައިވާ ކަމަށާއި އެކަމާ ގުޅިގެން ލެގޯ ޑިޒައިންގެ ފިސްތޯލަ އުފެއްދުން މިހާރު ހުއްޓާލާފައިވާނެ ކަމަށެވެ.

ފޭސްބުކްގައި އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފިސްތޯލަ އުފެއްދުމުގައި ލެގޯގެ ޑިޒައިން ބޭނުންކޮށްފައި ވާނީ ފިސްތޯލައިން ބޮޑެތި މީހުން ކުޅޭ ކުޅިވަރުތަކުގެ ފޯރި އިތުރު ކުރުވުމުގެ މަގުސަދުގައި ކަމަށެވެ.