ދާހިއްލުމަކީ ގުދުރަތީ ގޮތުން އަހަރެމެންގެ ހަށިގަނޑުގައި ލައްވަވާފައިވާ ނިޒާމެކެވެ. ނަމަވެސް މި ނިޒާމް މަސައްކަތްކުރަނީ ކިހިނެއްކަން އަދި ކީއްވެކަން އެނގެނީ މަދު ބަޔަކެވެ.
ދަލަކީ އަހަރެމެންގެ ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ހުންނަ ފެނުން އުފެދޭ އެއްޗެކެވެ. ދާ ހިއްލަން ގިނަ ސަބަބުތަކެއް ހުންނައިރު އެންމެ މައިގަނޑު އެއް ސަބަބަކީ ހަށިގަނޑުގެ ހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމެވެ.
ދާހިއްލުމަކީ އެތެރެ ހަށީގެ ފިނިހޫނުމިން މާ މަތިވާނަމަ ހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށް ހަށިގަނޑު ބޭނުންކުރާ އުުކުޅެކެވެ. އެގޮތުން ދަލުގެ ޒަރިއްޔާއިން ހޫނު ބޭރުކޮށް ހަށިގަނޑުގެ ފިނިހޫނު މިން 98.5 ޑިގްރީ ފެރަންހައިޓްގައި ބެހެއްޓުމަށް ހަށިގަނޑު މަސައްކަތްކުރެ އެވެ.
މީގެ އިތުރުން ސްޓްރެސް އާއި ކުޅި ކާތަކެތި ކެއުމަކީ ވެސް އާދަޔާ ޚިލާފަށް ދާހިއްލަން މެދުވެރިވާ ކަމެއް ކަމަށް މާހިރުން ދެކެ އެވެ.
އާއްމު ގޮތެއްގައި ދަލުން ވަސް ނުދުވި ކަމުގައި ވިޔަސް ލޮނުމެދު، ފިޔާ އަދި ކެބެޖް ފަދަ ތަކެތި ކެއުމުގައި ހިމަނައިފި ނަމަ ދަލުން ނުބައި ވަސް ދުވުން އެކަށީގެންވެ އެވެ.
ދާހިއްލުން ހުއްޓުވުމަށްޓަކައި މާ ބޮޑު ކަމެއް ނުކުރެެވުނު ނަމަވެސް ޑިއޯޑްރަންޓް ބޭނުންކުރުމަކީ ދާހިއްލުމުން ދުވާ ނުބައި ވަސް ކުޑަކޮށްދޭނެ ކަމެކެވެ.