މަރާލާފައިވާ މީހުންނާއު ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހާޒިރުކުރަން ނިންމައިފި އެވެ.
ކުރީގެ ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ އަންނަ އަންގާރަ ދުވަހު އެމަނިކުފާނު އެ ކޮމިޝަނަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ރައީސް ޔާމީން އެ ކޮމިޝަނަށް ހާޒިރު ކުރަނީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ހުރަސްއެޅި ކަމުގެ ތުހުމަތުގަ އެވެ.
މިކަމާ ގުޅޭގޮތުން ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީން އެ ކޮމިޝަނަށް ހާޒިރު ކުރަނީ އެ ކޮމިޝަން ފެއިލްވެފައިވާތީ މަތިޖަން ކަމަށެވެ.
ރައީސް ޔާމީން އެ ކޮމިޝަނަށް ހާޒިރުކުރުމާ އެމްޑީޕީގެ އެތެރޭގަ ޖެހިގެން އުޅޭ މައްސަލައާ ގުޅޭ ކަމަށް ވެެސް ޑރ. ޖަމީލް ވިދާޅުވިއެވެ.
މަރު ކޮމިޝަނަށް މިވީހާ ދުވަހު އެއްވެސް ނަތީޖާއެއް ހާސިލުކުރެވިފައިނުވާތީ އެ ކޮމިޝަން އުވާލަން ޖެހޭ ކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވެސް މީގެކުރިން ވަނީ ގޮވާލާފައެވެ.
އަލިމަގު އޮޕަރޭޝަނުގަ ހައްޔަރުކުރި 34 މީހެއްގެ މައްސަލަ ޕީޖީއަށް
ބެންކޮކަށް ފުރި މޯލްޑިވިއަންގެ ފްލައިޓެއް ލަންކާއަށް ގޮސްފި
ބޭސް ނުލިބޭތީ އެސްޓީއޯއާ އާސަންދަ މަޖިލިހަށް ހާޒިރުކުރަން އެދެފި
