އާއްމު ދިރިއުޅުމުގައި ގެންގުޅެވޭ ބައެއް އާދަތަކުގެ ސަބަބުން ސިއްހަތަށް ގިނަ އަސަރުތަކެއް ކުރެ އެވެ. އެގޮތުން ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަކޮށް ބަލިތަކުން ދުރުވުމަށްޓަކައި ތިރީގައި މިވާ އާދަތަކުގައި ހިފެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ސާފުތާހިރު ކަމަށް އިސްކަން ދިނުން
ހަށިގަނޑުގެ ސާފުތާހިރުކަން ރަނގަޅު ގޮތުގައި ބެލެހެއްޓުމަކީ ޖަރާސީމުތައް ހަށިގަނޑަށް ވަދެ ދިފާއީ ނިޒާމް ބަލިކަށި ކޮށްލުމުން ދުރުކޮށްދޭ ކަމެކެވެ. ގޭތެރޭގައި ކުނިކަހައި ރީތިކޮށް ބެހެއްޓުމަކީ ތިމާގެ ސިއްހަތު ދުޅަހެޔޮކަންމަތީ ދެމިހުރުމަށް ވަރަށް މުހިންމުކަމެކެވެ.
ގިނައިން ހުނުން
ބައެއް މީހުންނަށް މިހެން ބުނުމުން ވެސް ހެވިދާނެ އެވެ. މައްސަލައެއް ނެތެވެ. އެކަމަކު ގިނައިން ހުނުމަކީ ވެސް ދުޅެހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ވަރަށް މުހިންމު ކަމެކެވެ. ރުޅިގަދަވުމާއި ހިތާމަކުރުމަކީ އެކަމުގެ ސަބަބުން ސިއްހަތަށް ވެސް ނުރަނގަޅު އަސަރުތަކެއް ކުރާކަމެކެވެ. އެއާ ޚިލާފަށް ހުނުމަކީ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދީ ބަލިތަކުން ސަލާމަތްވާނެ ކަމެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ.
އަވީގައި ވަގުތު ހޭދަ ކުރުން
އަތްވަށް ނުކުމެ އިރުގެ ދޯދިތަކަށް ހަށިގަނޑު ފަހިކޮށްދިނުމަކީ ހަށިގަނޑުގައި ވިޓަމިން ޑީ އުފެދުން އިތުރުކޮށްދޭނެ ކަމެކެވެ. ވިޓަމިން ޑީ އަކީ ދިފާއީ ނިޒާމް ވަރުގަދަ ކުރުމަށް މުހިއްމު މާއްދާ އެކެވެ. އެހެންވެ ހެނދުނު އިރުއަރައިގެން އަންނަ ވަގުތު ހުންނަ އަވިއަކީ ހަށިގަނޑަށް ވަރަށް ފައިދާކުރާ އަވިދޭ ވަގުތެއް ކަމަށް ޑޮކްޓަރުން ވެސް ވިދާޅުވެ އެވެ.
މި އާދަތަކުގައި ހިފަހައްޓައިފި ނަމަ ހަށިގަނޑުގެ ދިފާއީ ވަރުގަދަވެ މީހާ ސިއްހީ ދުޅަހެޔޮަކަން ރަނގަވާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.