ކްރިޕްޓޯ ކަރަންސީ ޕްލެޓްފޯމެއް ކަމަށްވާ ޕޮލީ ނެޓްވޯކްގެ 610 މިލިއަން ޑޮލަރުގެ ޑިޖިޓަލް ކޮއިންސް ހެކްކުރި ހެކަރުންނަށް އެ ކުންފުނިން 500،000 ޑޮލަރުގެ އިނާމެއް ހުށަހަޅައިފި އެވެ.
މިދިޔަ ހުކުރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި އެ ކުންފުނިން ބުނެފައި ވަނީ ވައިޓްހެޓްގެ ނަމުން ނަން ދީފައިވާ އެ ހެކަރުންގެ މަސައްކަތަކީ ކްރިޕްޓޯ ކަރަންސީ ޕްލެޓްފޯމްތަކުގައި ހުރި މައްސަލަތައް ދެނެގެތުމަށް އެހީވެދިން މަސައްކަތެއް ކަމަށާއި އެކަމަށްޓަކައި އެ ހެކަރުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.
މިއާއެކު އެ ކުންފުނިން ހުށަހެޅި 500،000 އެމެރިކާ ޑޮލަރުގެ އިނާމު ގަބޫލުކޮށް، ކްރިޕްޓޯ ކަރަންސީ ނެޓްވޯކަށް އިތުރު ހިދުމަތްތައް ކުރުން ކުރިއަށް ގެންދާނެކަމަށް އުއްމީދު ކުރާކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
މިމަހުގެ ކުރީކޮޅު 610 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ކަރަންސީ ހެކްކުރުމަށްފަހު ހެކަރުން ވަނީ އޭގެ ތެރެއިން ބޮޑު އަދަދެއް އަނބުރާ ޕޮލީ ނެޓްވޯކަށް ރައްދުކޮށްފަ އެވެ. އަދި އެ މީހުންގެ މަގުސަދަކީ މި ނެޓްވޯކްގައި ހުރި މައްސަލަތައް ފާހަގަކުރުން ކަމަށް ވެސް ހެކަރުން ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.
މި އިނާމު ހެކަރުންނަށް ރައްދުކޮށްދޭނީ ކިހިނެއްކަމެއް އެ ކުންފުނިން ހާމަކޮށްފައި ނުވާއިރު، ގިނަ ބަޔަކުދަނީ އެ މީހުންނަކީ ހެކަރުން ކަމަށް ބުނެ އިނާމު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
"އެއާޕޯޓު ފާސް ނަހަމަގޮތުގައި ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެ"
ހެނދުނުގެ ނާސްތާ ދޫކޮށްލާނަމަ "ގޯލްބްލެޑާ"އަށް އަސަރުކުރޭ!
ެިވިކީ 12 ކިލޯ ބަރުވުމަށްފަހު 15 ކިލޯ ހިއްކާލައިފި