ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އޮފީސް ފަޅާލަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
އާރްޑީސީގެ އޮފިޝަލަކު ވިދާޅުވީ ރޭގެ ވަގުތެއްގައި އެ އޮފީސް ފަޅާލަން އުޅުނު މީހަކު ހުއްޓުވާފައިވާ ކަަމަށެވެ. ފުރާޅުމަތީގައި އޮއްވައި އެމީހާ އަތުލީ ޑިއުޓީގައި ތިބި މުވައްޒަފުންނެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ވަކިއެއްޗެއް އަދި ނުބުނެއެވެ. މިއީ މީގެކުރިން ހަތަރު ފަހަރެއްގެ މަތިން އާރްޑީސީން ވައްކަންކޮށްފައިވެ އެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން އެއްޗެއް ނުބުނެއެވެ. ހައްޔަރުކުރި ވަގުތު އާރްޑީސީގެ މުވައްޒަފުން ސުވާލުކުރުމުން އޭނާ ބުނީ އޭނާ އައީ ވައްކަން ކުރަން ނޫން ކަމަށާއި އޭނާ ފުރާޅު މައްޗަށް އެރީ އޭނާގެ ޖިންސަކާއި ޓީޝާޓެއް ބާއްވާފައި އޮތުމުން ކަމަށެވެ.
އަންނައުނަކީ ކުރީރޭ ބޭއްވުނު އެއްޗެއް ކަމަށާއި ލާނެ އިތުރު އަންނައުނެއް ނެތް ކަމަށް ވެސް އެމީހާ ބުންޏެވެ.
			އައިބީގެ އިތުބާރު ނެތް ކަމުގެ ޕެޓިޝަނެއްގައި ސޮއިކުރަނީ
		
			"ކަލް ހޯ ނަ ހޯ"ގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ހިއްސާ ކޮށްފި
		
			ކަނޑިއާއި ބަޑިން ހަމަލާ ދިން ދުވަސް ފާއިތުވެއްޖެ!
		
								
								