ރ. ދުވާފަރުން ހާލު ދެރަވެގެން އިތުރު ފަރުވާއަށް ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ގެނައި ކޮވިޑް ބަލި މީހަކު މަރުވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ މިއަދު 2:30 ހާއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް 49 އަހަރުގެ އަންހެނަކު މަރުވެފައިވާ ކަމަށެވެ.
މިއީ މި ބަލީގައި ދުވާފަރުން މަރުވި ފަސް ވަނަ މީހާއެވެ. އަދި ރާއްޖެއިން މިހާތަނަށް މަރުވި 225 ވަނަ މީހާއެވެ.
މާލޭގައި ކޮވިޑްގެ އަދަދުތައް މަދުވެފައިވީނަމަވެސް، އަނެއްކާވެސް ގިނަ ރަށްތަކަކުން އަންނަނީ މި ބަލި ފެންނަމުންނެވެ.

ސާފުތާހިރުކަން ކުޑަވެ ބިލެތްމާ ޓޭސްޓީ ހުއްޓުވައިފި
2030ގައި ދެ ރަމަޟާން މަސް ބައްދަލު ކުރާނެ!
ތަރާވީޙް ގަޑީގަ ކޮލެޖު ކްލާސްތައް ނުބާއްވަން އެދިއްޖެ
