މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ސިއްރު ވޯޓެއް ނެގުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ނިންމާފައި. މިގޮތަށް ނިންމާފައިވަނީ ރޭ ބޭއްވި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ 181 ވަނަ ބައްދަލުވުމުގައި.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ސިއްރު ވޯޓެއް ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފި އެވެ. މިގޮތަށް ނިންމާފައިވަނީ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 181ވަނަ ބައްދަލުވުމުގަ އެވެ.

ރޭ އޮންލައިންކޮށް ކުރިއަށް ދިޔަ ޖަލްސާއަށް ފުރަތަމަ އެޖެންޑާކުރީ އޮންލައިންކޮށް ވޯޓަށް އަހައި އެމަޖިލީހަށް މެމްބަރުން އައްޔަން ކުރުމަށެވެ. މިމައްސަލައިގައި ވަރަށް ގިނަ ނިޒާމީ ނުކުތާ ނަގައި މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދުނެވެ. ބައެއް މެމްބަރުން ވިދާޅުވީ އޮންލައިންކޮށް ވޯޓުލުން ނުބޭއްވޭނެ ކަމަށެވެ.

އެއަށްފަހު އައްޑޫ ދާއިރާގެ ރައީސް އަހުމަދު އަދުހަމް ހުށަހެޅުމެއް ހުށަހެޅުއްވީ ގައުމީ މަޖިލީހުގެ މެމްބަރުން ޖަލްސާއަށް ހާޒިރުވެ އިސްތިއުނާފު ކޮމިޓީއަށް މެމްބަރުން ހޮވުމުގެ ޖަލްސާ ބޭއްވުމަށެވެ. އަދި މެމްބަރުން އިންތިޚާބު ކުރާނީ ސިއްރު ވޯޓަކުން ކަމަށެވެ.

ވޯޓުލާ މަރުކަޒަށް ހާޒިރުވެ އިސްތިއުނާފު ފަނޑިޔާރުގެ މަޖިލީހުގެ އިންތިހާބު ކުރިއަށް ގެންދިއުމަށް ހުށައެޅި ހުށައެޅުމަށް 100 މެންބަރުން ވޯޓުދީފައިވެ އެވެ. ނުފެންނަ ކަމަށް ވޯޓް ދިނީ 15 މެންބަރުންނެވެ. އެ ވޯޓްގައި ޖުމްލަ ބައިވެރިވީ 116 މެންބަރުންނެވެ. މީގެ އިތުރުން، އިންތިހާބުގެ ވޯޓު ސިއްރުން ކުރިއަށް ގެންދިއުމަށް 98 މެންބަރުން ވޯޓުދިނެވެ. ސިއްރުކުރަން ނުފެންނަ ކަމަށް ވޯޓު ދިނީ 19 މެންބަރުންނެވެ.

މިގޮތަށް ފާސްވުމުން ރިޔާސަތުން ވަނީ މެމްބަރުން ހާޒިރުވެ މަޖިލީހަށް މެމްބަރުން ހޮވުމަށް ބާއްވާ ޖަލްސާ އަންނަ ހޯމަދުވަހުގެ ރޭ ބާއްވާނެކަން އިއުލާން ކޮށްފަ އެވެ.

އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ އިންތިހާބަށް 18 މީހަކު ކުރިމަތިލާފައިވެ އެވެ. ނަމަވެސް އެ މަޖިލީހަށް އިންތިޚާބު ކުރަން ޖެހެނީ 9 މެންބަރުންނެވެ.

މި މަޖިލިސް އެކުލެވިގެންވާނީ ރައީސާއި އަށް މެމްބަރުންގެ މައްޗަށެވެ. އެ ޕާޓީގެ އަސާސީ ގަވައިދުގައި ވާ ގޮތުން އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ޒިންމާއަކީ އެމްޑީޕީގެ އަސާސީ ގަވާއިދުގެ އެއްވެސް ކަމަކާމެދު މެމްބަރަކު ޝަކުވާއެއް އިސްތިއުނާފްކުރަން ބޭނުންވާ ނަމަ އެ ޝަކުވާ ބެލުމެވެ. ގައުމީ ކޮމިޓީގެ މެމްބަރުންނަށް މި މަޖިލީހުގައި ނުތިބެވެ އެވެ.