ފުވައްމުލަކުން މާލެ އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މީހާ ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އުމުރުން 34 އަހަރުގެ މީހެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ރޭ ބުނީ ފުވައްމުލަކުން މާލެ އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ މީހަކު އިންޒާރު ދިން މައްސަލައެއް ރޭ 8:50 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޒާރު ދީފައިވަނީ ފޮށިގަނޑެއް ކާގޯ ކުރަން އައި މީހެކެވެ. އަދި އިންޒާރު ދިނުމުން ފްލައިޓް ފުރުން ދެ ގަޑިއިރަށް ލަސްވެގެން ދިޔަ އެވެ.
އެ މައްސަލަ ފުލުހުންނަށް ރޭ ހުށަހަޅެމުން ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮންސެޓްގެ ތެރެއިން ހެރީ ސްޓޭޖް މައްޗަށް ވެއްޓުނީ ކީއްވެ؟
ފަހު ވަގުތު މާޓިނެލީ ޖެހި ލަނޑާއެކު ބްރެޒިލް ގަދަ 16 އަށް
ހަމަލާތައް ހުއްޓާލައި މަޝްވަރާތައް އަލުން ފަށަން ތައްޔާރުވެއްޖެ