އުކުނި ކޮށްޓުމަކީ ކުއްލިއަކަށް ހަށިގަނޑަށް އަންނަ ބަދަލެއްގެ ސަބަބުން މޭގެ މަސްތައް އެކަތި އަނެކައްޗާ ކޮންޓްރެކްޓް ވުމުގެ ސަބަބުން ކުރިމަތިވާ ކަމެކެވެ. އަހަރުމެންގެ ތެެރެއިން ގިނަ މީހުންނަށް މިއީ ކުޑަ ވަގުތުކޮޅަކަށް ކުރިމަތިވާ ކަމެކެވެ. ފެންފޮދެއް ބޯލުމުން ނުވަތަ ނޭވާ ހިފަހައްޓާލުމުން ރަނގަޅުވާ ކަމެެކެވެ.
ނަމަވެސް އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޗާލްސް އޮބްސްޓްރޯން އަކީ މެދުނުކެނޑި 68 އަހަރު ވަންދެން އުކުނި ކޮށްޓި މީހެކެވެ. އޭނާގެ އުމުރުގެ 68 އަހަރު ތެރޭގައި 430 މިލިއަން ފަހަރު އުކުނި ކޮށްޓައިފައި ވާނެ ކަމަށް ލަފާ ކުރެވެ އެވެ.
ޗާލްސް އެންމެ ފުރަތަމަ ފަހަރަށް އުކުނި ކޮށްޓަން ފެށީ 1922 ވަނަ އަހަރު 158 ކިލޯގެ އޫރެއް އުފުއްލާލަން އުޅުމުގެ ތެރޭގަ އުމުރުން އެންމެ 28 އަހަރުގަ އެވެ. އެއަށްފަހު އެންމެ މިނަޓަކަށް ވެސް އޭނާގެ އުކުނި ކޮށްޓުން ހުއްޓިފައެއް ނުވެ އެވެ.
އެންމެ ފުރަތަމަ މިނެޓަކު 40 ފަހަރު އުކުނި ކޮށްޓި އިރު ފަހުން އެ އަދަދު 20އަށް ދަށްވި އެވެ. މިކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޗާލްސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
މިބައްޔާ އެކުވެސް ޗާލްސް އުޅެމުން އައީ ވަރަށް އާއްމު ދިރިއުޅުމެކެވެ. ދެ ކައިވެންޏެއް ކޮށް އަށް ދަރިން ލިބިފައިވެ އެވެ. އާމްދަނީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ވެސް ކުރި އެވެ.
އެންމެ ފަހުން 1990 ވަނަ އަހަރު ޗާލްސްގެ އުކުނި ކޮށްޓުން ހުއްޓުނީ އެކަމަށް ބޭސްފަރުވާ ކުރުމުގެ އުއްމީދު އޭނާ ކަނޑާލި ފަހުންނެވެ. އޭގެ އަހަރެއް ފަހުން 1991 ވަނަ އަހަރު ފެބުރުއަރީ މަހު އޭނާ މަރުވި އެވެ.
ޗާލްްސްގެ ހުރި އާދަޔާޚިލާފު ހާލަތުގެ ސަބަބުން ދުނިޔޭގެ ރެކޯޑު ފޮތުންވެސް އޭނާއަށް ޖާގަ ލިބުނެވެ. އަގޮތުން 1987 ވަނަ އަހަރު އެންމެ ގިނައިރު ވަންދެން އުކުނި ކޮށްޓި މީހާގެ ރެކޯޑު ލިބިފަ އެވެ.