ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވަނިކޮށް، ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ކޮރިއޮގްރަފަރު ފަރާ ހާން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ފަރާ ހާން ކޮވިޑަށް ޕޮޒިޓިވްވީ ކަން ހާމަކޮށްފައި ވަނީ އޭނާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އެވެ.

ފަރާގެ އެ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ އޭނާ އާއި ގާތުން ބައްދަލުވި މީހުން ބައްޔަށް ޓެސްޓުކުރަން އެދޭ ކަމަށާއި ބަލިން އަވަހަށް ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ފަރާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭނާ އަންނަނީ ޒީ ޓީވީން ގެނެސްދޭ ކޮމެޑީ ޝޯއެއްގައި ޖަޖެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ. ފަރާ ކޮވިޑުން ރަނގަޅު ވަންދެން ޒީގެ ކޮމެޑީ ސޯއިން ޖަޖެއްގެ ގޮތުގައި ދެން ފެންނާނީ ބޮލީވުޑްގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ މިކާ ސިންހް އެވެ.

މީގެ ކުރިން ފަރާ ހާން ވަނީ ރިއަލިޓީ ޝޯ "ސުޕަ ޑާންސް 4" އިން ގެސްޓް ޖަޖެއްގެ ގޮތުގައި ވެސް ފެނިގެން ގޮސްފަ އެވެ.

https://www.instagram.com/p/CTJ2bz4AOjE/

އޭގެ އިތުރުން އޭނާ ވަނީ އަމިތާބު ބައްޗަންއާއެކު ކޯން ބަނޭގާ ކަރޯޑް ޕަތީގެ ހާއްސަ ޝޯއެއްގައި ވަރަށް ފަހަކުން ބައިވެރިވެފަ އެވެ.

ފަރާ އަކީ ގިނަ މަގުބޫލު ފިލްމުތަކެއް ޑައިރެކްޓް ކޮށްފައިވާ ފަރާތްތެކެވެ.