ޖުޑިޝަރީ އިސްލާހު ކުރުމަށް ކަމަށް ބުނެ ވެރިކަމަށް އައި މީހުން ކުރި ކަމަކީ ޖުޑިޝަރީ ހިސޯރު ކުރުމާއި އެކޮމިޝަން ކުންފުންޏަކަށް ބަދަލުކުރުން ކަމަށް ޑރ. ޖަމީލު ވިދާޅުވި. އަދި އެމްޑީޕީ އަކީ ހުސްކުރާ ސޭލު އަޅުވާ ޕާޓީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި.

ޖުޑިޝަލް ސާވިސް ކޮމިޝަން މިނިވަންކޮށް އިސްލާހު ކުރަން އައި މީހުން މުޅި ޖުޑީޝަރީ ހިސޯރު ކޮށްފައި ކަމަށާއި އެކޮމިޝަނުން އޮތީ އެންމެ ލޯ ފާމެއްގެ ބާރުގައި ތާށިވެފައިވާ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ނައިބް ރައީސް ޖަމީލު މިހެން ވިދާޅުވީ މިރޭ ޕީޕީއެމް/ޕީއެންސީ ކޮލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި "އައްޑަނަ" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގެ ޖުޑީޝަރީ މިނިވަން ކުރުމަށް ވައުދުވެ އެމްޑީޕީން ވެރިކަމަށް އައުމަށްފަހު، އެ ވައުދު ނުފުއްދާތީ ވަރަށްބޮޑަށް ފާޑުވިދާޅުވެ ޑރ. ޖަމީލު ވިދާޅުވީ ރައީސް ސޯލިހު ވެރިކަމާއި ހަވާލުވުމަށްފަހު ޖުޑީޝަލް ސާވިސް ކޮމިޝަން އެންމެ ލޯ ފާމެއްގެ ބާރުގެ ދަށުގައި ތާށި ކުރައްވާފައި ކަމަށެވެ.

އެގޮތުން ޑރ. ޖަމީލު ފާހަގަކުރެއްވި ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާނާއި ބަންޑާރަ ނައިބު އަދި ޖޭއެސްސީގެ މެމްބަރު ރިފްއަތަކީ ވެސް އެ ލޯފާމާ ގުޅުން އޮތް ބޭފުޅެއް ކަމަށެވެ. ހަމަ އެހެންމެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަކީ ވެސް އެ ލޯފާމާ ގާތް ގުޅުމެއް އޮންނަ ބޭފުޅެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެމްޑީޕީން އެއްކަމެއް ވަރަށް މޮޅަށް ކޮށްފި. ވެރިކަމަށް އައީ އިންސާފު ކަށަވަރުކުރާނެ ޕާޓީ ކަމަށް ބުނެ. ވެރިކަމަށް އައީ ޖޭއެސްސީ ކިޔާ، އެކޮމިޝަން މިނިވަން ކުރާނެ ޕާޓީކަމަށްބުނެ. މިނިވަން ޖުޑީޝަރީއެއް ގެންނާނެ ކަމަށް ބުނެ،" ކުރީގެ ނައިބު ރައީސް ޑރ. ޖަމީލު ވިދާޅުވި އެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި

މީގެ އިތުރުން ޑރ. ޖަމީލު ވިދާޅުވީ މި ސަރުކާރުން ޖުޑީޝަރީ އިސްލާހުކުރަން ވައުދުވި ނަމަވެސް އެ ޕާޓީން ވެރިކަމާއި ބާރުތައް ލިބުމުން ކުރި ކަމަކީ ޖުޑީޝަލް ސާވިސް ކޮމިޝަން ޕްރައިވަޓައިޒްކޮށް މުޅި ޝަރުޢީ ނިޒާމު ޙިސާނުގެ އަތްޕުޅަށް ދިނުން ކަމަށެވެ. ނަތީޖާއަކީ މުޅި ޝަރުޢީ ނިޒާމަށް ރޭގަނޑެއް އައުން ކަމަށާއި، މިހާރު މުޅި ޤާނޫނީ އަދި ޝަރުއީ ނިޒާމު އޮތީ ނިދާފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރައީސް ސޯލިހު ކުރެއްވި ކަމަކީ ގާނޫނީ ޝަރުއީ ނިޒާމް ޕްރައިވަޓައިޒް ކޮށްލުން ހިސާން އެންޑް ކޯއަށް. ހިސާން އާއި ހަވާލު ކުރުމުން އެތަނަށް ވާނީ ނައިޓް. އެތަނަށް އަންނާނި ނައިޓް. މުޅި ޝަރުއީ ނިޒާމް އޮތީ ނިދާފައި. ގަދަ ނިދިން ނިދާފައި،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ޝަރުއީ ކޯޓުތަކުން ކުރަމުންދަނީ ނަޖިސް ހުކުމްތަކެއްކަމަށާއި، މިހުކުމްތަކަކީ މާދަމާ މިކަން ކުރާމީހުން އަރާ ހަމަކުރާނެ ހުކުމްތަކެއްކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. އަދި މިކަމަށް ސިޔާސީ ނުފޫޒު ވައްދާ މީހުން މިކަންކަމަށް ޖަވާބުދާރީ ވާންޖެހޭ ދުވަހެއް އޮތްކަން ހަނދާން ކުރަންޖެހޭ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

ޑރ. ޖަމީލު މިރޭގެ ޖަލްސާގައި ވަނީ އެމްޑީޕީ އަށާއި ރައީސް ސޯލިހުގެ ކޯލިޝަންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ޖަމީލު ވިދާޅުވީ އެމްޑީޕީއަކީ ދިވެހި ގައުމު ހުސްކުރާ ސޭލް އަޅުވާ ޕާޓީ ކަމަށެވެ.

އެމްޑީޕީގެ ވައުދުތަކަށް ބައްލަވައިލައްވަމުން ޑރ. ޖަމީލު ވިދާޅުވީ އެމްޑީޕީން ހަދައިދޭން ބުނި ކަންނެލި ޖަގަހަތަކާއި ގޭދޮށު މަސް ފެކްޓްރީތަކެއް ފެންނަން ނެތް ކަމަށެވެ. އެމްޑީޕީ ވެރިކަމުގައި އެޅުނު އެއްޗެއްވިއްޔާ އެޅުނީ ފައްޔާޒު ނަމަކަށް ކިޔާ މީހެއްގެ ގޭ ދޮށުގައި ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވި އެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި

"ފަޅުރަށްތަކާއި ފަރުތަކާއި ގިރިތަކާއި، ދައްޕަރާއި އައްޑޫއާއި، ސުކޫލުތަކާއި ވެލާނާ ބިލްޑިންގު ވެސް އެމްޑީޕީން ވިއްކާލާފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން ހައްގު މިންވަރު ދޭނެ ކަމުގައި ބުނި ނަމަވެސް މިހާތަނަށް އެމްޑީޕީގެ ވެރިކަމުގައި އެޅި ފުލެޓެއް ގެނައި ތަރައްޤީއެއް ފެންނަން ނެތް ކަމަށެވެ.

އެމްޑީޕީ ވެރިކަމަށް އައީ ހައްގު މިންވަރު ހޯދައިދޭން ވައުދު ވަމުން ކަމަށާއި ނަމަވެސް އެކަން އެމްޑީޕީން ނުކުރި ކަމަށް ޖަމީލް ވިދާޅުވި އެވެ.