ޕްރޮގްރެސިލް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި އައްޑަނަ ޖަލްސާގައި އިންޑިޔާ ސިފައިން މި ގައުމުން ބާލަން ގޮވުމުން ރައީސް މުޙައްމަދު ނަޝީދު ވަނީ ހިތްހަމަނުޖެހުން ފާޅު ކުރައްވާފައި. ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ އާންމު ޖަލްސާތަކުގައި އަވަށްޓެރި ގައުމުތަކަށް ނިސްބަތްކޮށް، ކުޑައިމީސް ބަސްތަކުން ވާހަކަދެއްކުމަކީ ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށް.

ޕްރޮގްރެސިލް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި އައްޑަނަ ޖަލްސާގައި އިންޑިޔާ ސިފައިން މި ގައުމުން ބާލަން ގޮވުމުން ރައީސް މުހައްމަދު ނަޝީދު ހިތްހަމަ ނުޖެހުން ފާޅު ކުރައްވައިފި އެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ އާންމު ޖަލްސާތަކުގައި އަވަށްޓެރި ގައުމުތަކަށް ނިސްބަތްކޮށް، ކުޑައިމީސް ބަސްތަކުން ވާހަކަދެއްކުމަކީ ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށެވެ. އަދި އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖެއަށް އެހީތެރިވާ ގައުމެއް ކަމަށާއި އިންޑިއާ ކަނޑުގެ ސުލްހަ ބެލެހެއްޓުމުގައި އެންމެ އިސް ދައުރެއް ކުޅޭ ގައުމު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވާފައިވާިއރު ރޭ އިދިކޮޅުގެ ލީޑަރުންވަނީ އައްޑަަނަ ޖަލްސާގައި އިންޑިއާ ސިފައިން މި ގައުމުގައި ތިބޭ ތިބުމާއި އަދި އިންޑިޔާގެ އިގްތިސާދީ އަޅުވެތކަމުގެ ތެރެއަށް ރާއްޖެ ވެއްޓެމުންދާތީއާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާ ފަދަ އެގެރިމެންޓްތައް މި ސަރުކާރުން އިންޑިއާއާއެކު ހަދަމުންދާތީ އެކަމަށް ވަރަށްބޮޑަށް ފާޑުކިޔާފަ އެވެ.

ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެސްސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ވަރަށް ސީދާކޮށް އިންޑިއާގެ މިލިޓަރީ ސިފައިން މި ގައުމުން ބޭލުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

އަދުރޭ ވިދާޅުވީ ރާއްޖޭގެ ސަލާމަތާއި ބެހޭ ކަންކަން ރާއްޖެއަށް ބެލެހެއްޓޭނެ ކަމަށާއި އިންޑިއާ ސިފައިންނާއި ހެލިކޮޕްޓަރާއި މަތިންދާބޯޓު ރާއްޖެއަށް ބޭނުން ނުވާ ކަމަށެވެ. އަދި ރާއްޖެއާއި އިންޑިއާ އާއި ދެމެދު ހަދާފައިވާ ސިއްރު އެއްބަސްވުންތައް އުވާލައި، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އަދުރޭ ގޮވާލެއްވި އެވެ.

ބްރިޖް ހެދުމުގެ ނަމުގައި މަގުހެދުމުގެ ނަމުގައި އެ އަންނަ މީހުންނަކީ މާދަމާ ދިވެހިރައްޔިތުން އެ މީހުންގެ ގޯތިގެދޮރުން ނެރެ ބޭރުކުރާނެ މީހުން ކަމަށާއި އެ މީހުންނަކީ ދިވެހިންގެ މިނިވަންކަން ނަގާލާނެ މީހުން ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ،

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދާއި އެމްޑީޕީގެ އިސްވެރިން ވަނީ ޗައިނާއަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވާހަކަދައްކާފަ އެވެ. އަދި ރައީސް ޔާމީން ޗައިނާއަށް 16 ރަށް ވިއްކާފައިވާ ކަމަށާއި ޗައިނާއިން ރާއްޖޭގައި މިލިޓަރީ ބޭސްއެއް ހަދަމުންދާ ކަމަށް ވިދާޅުވެ އެކި މީޑިއާތަކަށް ދޮގު މައުލޫމާތު ދެއްވާފައިވެ އެވެ. ނަމަވެސް މިހާތަނަށް މިސަރުކާރު ވެރިކަމަށް އައިސް އެއިން ވިއްކާލި އެއްވެސް ރަށެއް އަދި ހަދަމުންދާ މިލިޓަރީ ބޭސްއެއް ވެސް ދެއްކިފައެއް ނުވެ އެވެ.