މާލެ ސަރަހައްދުން މިއަދު ކޮވިޑަށް 21 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިރޭ ބުނީ މާލެ ސަރަހައްދުން 21 މީހަކު ޕޮޒިޓިވްވިއިރު، މުޅި ރާއްޖެއިން ޕޮޒިޓިވްވީ 32 މީހަކު ކަމަށެވެ. އެ ނަތީޖާ އައީ 1،252 ސާމްޕަލް ޓެސްޓް ކުރުމުންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފަސް ބިދޭސީން ފިޔަވައި ދެންތިބީ ހުސް ދިވެހީންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 36 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ރާއްޖޭގައި މިހާރު ކޮވިޑަށް ފަރުވާ ހޯދާ މީހުންގެ ޖުމްލަ އަދަދަކީ 1،002 އެވެ. ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން ދަނީ 39 މީހަކަށެވެ.

ކޮވިޑަށް ޕޮޒިޓިވްވެގެން އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 348 މީހުންނެވެ. މި ބަލީގައި މިއަދުވެސް މީހަކު ވަނީ މަރުވެފަ އެވެ. އެއާއެކު މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ އަދަދު 37 ވަނީ އިތުރުވެފަ އެވެ.