ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވޭ ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހްމަދު މޫސާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްދީފި އެވެ.

ފުލުހުން ވަނީ މިކަން ކަށަވަރުކޮށްދެއްވާފަ އެވެ. އަހްމަދު މޫސާގެ ބަންދަށް އެންމެ ފުރަތަމަ އިތުރު ކުރީ ފަސް ދުވަހެވެ.

އެ މައްސަލާގައި ދެން އިސްކޮށް އުޅެފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރާ އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބު އިބްރާހިމް މިހާރު ހުރީ 15 ދުވަހުގެ ބަންދެއްގަ އެވެ.

އެ އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެވެ. އެ އޮޕަރޭޝަނުގައި ޖުމްލަ ހަތް މީހަކު ހައްޔަރުކުރި އެވެ.

އެ އޮޕަރޭޝަނުގައި ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެއެއް ވެސް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.