ލޯ ކައިރި ކަޅުވުމަކީ ނުވަތަ ޑާކްސާކަލްސް ލޯ ކައިރީގައި އުފެދުމަކީ ގިނަ ބަޔަކަށް ކުރިމަތިވާ ކަމެކެވެ. މިއަށް ޕެންޑާ އައިސްއޭ ވެސް ކިޔާއުޅެ އެވެ. މިކަން ހައްލުކުރަން ގޭގައި ކުރެވިދާނެ ވަރަށް ފަސޭހަ ކަންކަން ހުރެެއެވެ.

ޓެކްނޮލޮޖީ ބޭނުންކުރުން މަދުކުރުން

ލޯ ކައިރި ކަޅުވެ ހަންގަނޑަށް ބަދަލު އައުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ޓެކްނޮލޮޖީގެ ވަސީލަތްތައް މާ ގިނައިން ބޭނުން ކުރުމެވެ. އެހެންކަމުން މިފަދަ ވަސީލަތްތަކާ ދުރުވެ، އާއްމު ދިރިއުޅުން ކުރިއަށް ގެންދިއުމަކީ ރަނގަޅު ގޮތެކެވެ. އަދި މި ވަސީލަތްތައް ބޭނުން ކުރިނަމަވެސް އެހާ ގިނައިރު ވަންދެން އެއް ފަހަރާ ނުއިނދެ ބްރޭކްތައް ނެގުން ރަނގަޅުވާނެ އެވެ.

ރޭގަނޑު އަވަހަށް ނިދުން

މިހާރަކަށް އައިސް ވަރަށް ދަންވަންދެން ހޭލާ ތިބުމަކީ ވަރަށް ގިނަ ބައެއްގެ އާދައެކެވެ. ނަމަވެސް މިއީ ސިއްހަތަށާއި ހަންގަނޑަށް ވެސް އެކި ގޮތްގޮތުން ގެއްލުންވާ ކަމެކެެވެ. މިކަން އާއްމު ވެއްޖެނަމަ ހަށިގަނޑުގައި ލޭ ދައުރުވުން ބަދަލުވެ ޑާކްސާކަލްސް އުފެދެ އެވެ.

ސްޓްރެސް މަދުކުރުން

ހަމައެއާއެކު ނަފްސާނީ ދުޅަހެޔޮ ކަމަކީ ވެސް ހަމުގެ އެކި ކަހަލަ ކަންކަމަށް އަސަރުކުރާ ކަމެކެވެ. އެގޮތުން ސްޓްރެސް އާއި އެންޒަނިޓީ އަކީ ހަށިގަނޑުގައި ދައުރުވާ ހޯޯމޯންސް ކޮންޓްރޯލުން ނެއްޓި ހަމަށް ތަފާތު ބަދަލުތަކެއް ގެނުވާނެ ކަމެކެވެ.