އާއްމު ގޮތެއްގައި ގިނަ މީހުން ދުވަސް ފަށައިގަތުމުގެ ގޮތުން ބޯ ބުއިމަކީ ކޮފީއެކެވެ. ނަމަވެސް ޑޮކްޓަރުންނާއި މާހިރުން ލަފާދޭ ގޮތުގައި އޭގެ ބަދަލުގައި ދުވަސް ފަށައިގަތުމަށް އެންމެ ރަނގަޅީ މޭވާ ނުވަތަ ތަރުކާރީގެ ޖޫހެކެވެ. މި ލިޔުމުގައި މިބަލާލަނީ މިގޮތުން ތައްޔާރު ކުރެވިދާނެ ސިއްހަތަށް ވަރަށް ފައިދާހުރި ޖޫހަކަށެވެ.

ބޭނުންވާ ތަކެތި

  • 1 ތޮރާ (ކޮށާފައި)
  • 1 ކިއުކަމްބާ
  • 1 ސެލެރީ
  • ކުދީނާ ފަތްކޮޅެއް
  • ލުނބޯ ހުތްކޮޅެއް
  • ދިރި ޕައުޑަރު
  • ލޮނު

މަތީގައި ދެންނެވުނު ހުރިހާ އެއްޗެއް ބްލެެންޑަރަކަށް ނުވަތަ މިކްސްޗަރަކަަށް އެޅުމަށްފަހު ރަނގަޅަށް ފުނޑުކޮށް އެއްކުރާށެވެ. އަދި ފުރާނާލުމަށްފަހު ކޮންމެ ދުވަހަކު ވެސް ހެނދުނު ހައިބަނޑާ ބޯލާށެވެ.

މި ޖޫހަކީ ގިނަ ގޮތްގޮތުން ހަށިގަނޑަށް ފައިދާހުރި ބުއިމެކެވެ. އެގޮތުން މި ބުއިމުން ލިބޭ ފައިދާތަކުގެ ތެރޭގައި:

  • ހަށިގަނޑުގައި ދައުރުވާ ލޭ ސާފުކޮށްދޭ
  • ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ
  • ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކޮށްދޭ
  • ލޮލުގެ ފެނުން ރަނގަޅުކޮށްދޭ