"ބިގް ބޮސް 13" އިން މަގްބޫލުކަމާއި މަޝްހޫރު ހޯދި ބަތަލާ ޝެހެނާޒް ގިލް (ސަނާ) ފުރަތަމަ ފިލްމު "ހޯންސްލާ ރަކް" އަންނަ މަހު ރިލީޒް ކުރުމަށް ނިންމައިފި އެވެ.

މި މަހުގެ ކުރީކޮޅު ހާޓްއެޓޭކެއް ޖެހިގެން އެކްޓަރު ސިދާތު ޝުކްލާ މަރުވި ފަހުން، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަމަށް އަޑު އަރާފައިވާ ސަނާގެ ފިލްމު "ހޯންސްލާ ރަކް" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.

"ހޯންސްލާ ރަކް"ގެ ޓްރެއިލާ ވެސް ދައްކައިލުމާއެކު ސަނާއަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

https://www.youtube.com/watch?v=KjOfqltPRqs

"ހޯސްލާ ރަކް" އަކީ ސަނާގެ ފުރަތަމަ ފިލްމެއް ނޫނެވެ. ކުރިން ވެސް އޭނާ ޕަންޖާބީ ތިން ފިލްމެއްގައި މަސައްކަތްކޮށްފައިވެ އެވެ.

އަމަރްޖީތު ސިންގް ސަރޯން ޑައިރެކްޓް ކޮށްފައިވާ ރޮމޭންޓިކް ކޮމެޑީ "ހޯންސްލާ ރަކް" ގެ ބަތަލަކީ ބޮލީވުޑްގެ ފިލްމުތަކުން ވެސް ފެންނަ ފަގުޑި އެޅި ޕަންޖާބީ އެކްޓަރު ދިލްޖީތު ދޮސަންޖެވެ. އަދި މީގެ މުހިއްމު ރޯލަކުން ޕަންޖާބީ ބަތަލާ ސޯނަމް ބަޖްވާ ވެސް ފެނިގެން ދާނެ އެވެ.