މިދިޔަ އަހަރު މާލޭގެ ގޭބިސީއަކަށް މަހަކު އެވްރެޖްކޮށް އާމްދަނީގެ ގޮތުގައި 38,596ރ. ލިބޭ ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކް (އެންބީސީ) އިން ހެދި ސާވޭއަކުން ދައްކައިފި އެވެ.
ހައުސް ހޮލްޑް އިންކަމް ސާވޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ގޭބިސީއަކަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީއަކީ އެ ގޭބިސީގައި ހިމެނޭ މެންބަރުންނަށް އެކިގޮތްގޮތުން ލިބޭ އާމްދަނީ އެވެ. މިގޮތުން މުޅި ރާއްޖޭގައި އެވްރެޖްކޮށް ގޭބިސީއަކަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީއަކީ 28,746 ރުފިޔާ އެވެ.
އެ ސާވޭގައި މާލޭގައި ގޭ ބިސީއަކަށް މަހެއްގެ މައްޗަށް އެވްރެޖްކޮށް 38,596 ރުފިޔާ ލިބޭއިރު އަތޮޅުތަކުގައި ގޭބިސީއަކަށް ލިބެނީ މާލޭގެ ގޭބިސީއަކަށް ލިބޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެކެވެ. އެއީ ގާތްގަނޑަކަށް 19,633ރ. އެވެ.
އެންބީސީގެ ސާވޭ އިން ދައްކާ ގޮތުން އެވްރެޖްކޮށް ގޭބިސީއެއްގައި އާމްދަނީ ލިބޭ މީހުންގެ އަދަދަކީ 2.6 އެވެ. އަތޮޅުތަކާއި އަޅާބަލާއިރު މާލޭގައި އެވްރެޖްކޮށް ގޭބިސީއެއްގައި އާމްދަނީ ލިބޭ މީހުން ގިނަ އެވެ.
"ނާގިން 7"ގެ ގްރޭންޑް ފިނާލޭ އަންނަނީ!
އީޔޫ އިން ޓެމޫ 297 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ދުނިޔެއިން ވަކިވެގެންދާނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި:ނަޝީދު