ލޮނުމެދަކީ ކެއްކުމުގައި ވަރަށް ގިނައިން ބޭނުންކުރާ ބާވަތެކެވެ. އެއިން ދުވާވަހުގެ ސަބަބުން ގިނަ ބަޔަކަށް ކަމުނުދާ ބާވަތެކެވެ. ނަމަވެސް އެއިން ލިބޭ ސިއްހީ ފައިދާތައް އެނގޭނަމަ ކޮންމެ ދުވަހަކުވެސް ލޮނުމެދެއް ކާން ސަމާލުކަން ދޭނެ އެވެ.
ދަތްތަކުގެ ސިއްހަތު ވަަރުގަދަ ކޮށްދޭ
ދިރާސާތަކުން ދައްކާގޮތުގައި ލޮނުމެދަކީ ހިރުގަނޑުގެ ބަލިތަކާއި ދަތްތަކުގެ ބަލިތަކުން ދުރުކޮށްދީ އަނގައިގެ ސިއްހަތު ރަނގަޅު ގޮތުގައި ބެހެއްޓުމަށް އެހީވެދޭ އެއްޗެކެވެ. އެއާ އެކު ލޮނުމެދަކީ ގުދުރަތީ ގޮތުން އެންޓި ބެކްޓީރިއަލް މާއްދާތަކެއް އެކުލެވިގެންވާ އެއްޗަކަށް ވުމުން ދަތްތަކުގައި ހަރުލާފާ ހުންނަ ޖަރާސީމު ފިލުވައިދެ އެވެ.
ޒުވާންކަންމަތީ ބަހައްޓައިދޭ
އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑާއި މޫނުގެ ހަމަށް އަންނަ ބަދަލުތަކަކީ ލޮނުމެދު ކައިގެން އެ ބަދަލުތައް ކުޑަކޮށްދޭ ބަދަލުތަކެކެވެ. ލޮނުމެދުގައި އެކުލެވޭ މާއްދާތަކަކީ ހަށިގަނޑަށް ރަނގަޅަށް އޮކްސިޖަން ލިއްބައިދީ ޒުވާންކަންމަތީ ބަހައްޓައިދޭ މާއްދާތަކެކެވެ.
ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ
ލޮނުމެދުގައި ހިމެނޭ އެންޓި އިންފްލިމޭޓަރީ އަދި އެންޓި ބެކްޓީރިއަލް މާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ ބަލިތަކުން ދުރުކޮށްދެ އެވެ.