ކޮވިޑު ޖެހިގެން ފަރުވާ ދެމުން ދިޔަ މީހަކު މިއަދު ނިޔާވެއްޖެ އެވެ.

ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 73 އަހަރުގެ ދިވެހި އަންހެނެކެވެ. އެ މީހާ ނިޔާވެފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

ކޮވިޑްބަލީގައި ރާއްޖެއިން އިތުރު މީހަކު މަރުވި ކަމަށް ރިޕޯޓްކުރިއިރު، އެންމެ ފަހުން މި ބަލީގައި މީހަކު މަރުވެފައި ވަނީ އިއްޔެގެ ވަގުތެއްގައި އައްޑޫ ކޮވިޑް ފެސިލިޓީގަ އެވެ.

މިއަދުގެ މަރާއެކު ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 234 އަށް އަރާފައިވާ އިރު، މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 217 ދިވެހީންނާއި 17 ބިދޭސީންނެވެ.