މޭކްޕް ކުރުމަކީ މިއަދު ވަރަށް ގިނަ ބައެއްގެ މެދުގައި ވަރަށް އާއްމު ކަމެކެވެ. ހާއްސަކޮށް ޒުވާން އަންހެނުންގެ މެދުގައި މޭކަޕް ކުރުމަކީ ކަށީގައި ހިފާފައި ހުރި އާދައެކޭ ވެސް ދެންނެވިދާނެ އެވެ. ނަމަވެސް މާ ގިނައިން މޭކްއަޕް ކުރުމަކީ އެކަމުން ލިބޭ ހިތްހަމަޖެހުމަށް ވުރެ ބޮޑު ވޭނެއް ކުރިމަތިވެދާނެ ކަމެކެވެ.

ފަހުގެ ދިރާސާއަކުން ދައްކާގޮތުގައި މޭކަޕް ކުރާ ކުދިންނަށް ވުރެ ނުކުރާ ކުދިންގެ ހަން ސިއްހީ ގޮތުން މާ ދުޅަ ހެވެ. އެގޮތުން އާންމުކޮށް ހަމުގެ މައްސަލަ ނުޖެހޭ މީހެއް މޭކަޕް ކުރާނަމަ ހަމުގެ މައްސަލަޖެހޭ ތަން އާދެ އެވެ. އަދި އާންމުކޮށް ހަމުގެ މައްސަލަ ޖެހޭ މީހެއްނަމަ މޭކަޕްގެ ސަބަބުން އިތުރު މައްސަލަ ޖެހޭގޮތް މެދުވެރިވެ އެވެ.

އާންމުކޮށް މިހެންދިމާވަނީ ނުގުޅޭ ޕްރޮޑަކްޓްތައް ބޭނުން ކުރެވޭތީ އެވެ. މީގެ އިތުރުން ހަމަށް "ރެސްޓް" ދިނުމަކީވެސް މުހިއްމު ކަމެކެވެ. ނިދުމުގެ ކުރިން މޭކަޕް ފިލުވާލައިގެން ނިދި ކަމުގައިވިއަށް ހަންގަނޑަށް ބޭނުންވާ ވަރަށް ރެސްޓެއް ނުލިބޭނެ އެވެ. އެހެން ކަމުން މޭކަޕް ކުުރުމުގެ ބަދަލުގައި ގުދުރަތީކޮށް ތިމާގެ ރީތިކަން ދެމެހެއްޓުމަށް މަަސައްކަތް ކުރެވިދާނެ އެވެ، ސިއްހަތަޓށް ފައިދާހުރި ކާނާ ކެއުމާއި ރަނގަޅު އާދަތައް ގެންގުޅުމަކީ އެގޮތުން ކުރެވިދާނެ ބައެއް ކަންކަމެވެ.

ބައެއް މީހުންނަށް ހީވެފައި އޮންނަ ހީވުމެކެވެ. މޭކަޕާއި ނުލައި ރީތިކަން ފުރިހަމަނުވާނެ އެވެ. ހާއްސަކޮށް ތުއްތު ކުދިންވެސް މޭކަޕް ކުރުވާތަން މިހާރު ފެނެ އެވެ. މިއީ އެކުދިންގެ ނާޒުކު ހަމަށް ގެއްލުން ލިބޭނެ ކަމެކެވެ. ގަވާއިދުން މޭކަޕް ކުރުމުގެ ބަދަލުގައި ކޮންމެ ދުވަހަކު ގަވާއިދުން ސިއްހަތަށް ފައިދާ ކުރި ކާނާ ބޭނުން ކުރަން ފަށާމާ ހެއްޔެވެ.