އިޒްރޭލްގައި މަޝްހޫރުވެގެން ދިޔަ ސީރީޒެއް ކަމަށްވާ "ފައުދާ"ގެ އިންޑިއަން ވާސަން އެއް އުފެއްދުމަށް ނިންމައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިސީރީޒް އުފެއްދުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާއިރު މިސީރީޒްގެ ސެންޓުރަލް ކެރެކްޓައިން ފެނިގެންދާނީ ސުކްމަނީ ސަދާނާ އެވެ.
ސުކްމަނީ ވަނީ ބައެއް ފިލްމުގެ އިތުރުން ސީރީޒް ތަކުންވެސް ފެނިގެން ގޮސްފަ އެވެ. އޭގެ ތެރޭގައި "ސެކްރެޑް ގޭމްސް" އަދި "އަނޫރާޖް ކަޝްއަޕްގެ "މަންމަރްޒިޔާ"އިންވެސް އެކްޓުރެސް ވަނީ ފެނިގެން ގޮސްފަ އެވެ. ސުކްމަނީ ވަނީ 100 އަށްވުރެ ގިނަ ޓުރެވަލް ޝޯ ތަކެއްވެސް ހުށަހަޅާދީފައިވަފަ އެވެ. އެގޮތުން އޭނާ ޝޯ ހުށަހަޅައިދިން ޗެނަލްގެ ތެރޭގައި ނޭސަނަލް ޖިއޮގުރަފިކް އަދި ޑިސްކަވަރީ ޗެނަލް ހިމެނެ އެވެ.
އެކްޓިންގެ އިތުރުން ސުކްމަނީ ވަނީ ބައެއް ފިލްމުތަކައް ސްކްރިޕްޓް ވެސް ލިޔެދީފަ އެވެ.
"ފައުދާ" އަކީ ދުނިޔޭގެ މަގުބޫލު ސީރީޒްގެ ތެރޭގައި ހިމެނޭ ސީރީޒެކެވެ.
މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވާ ގޮތުގައި މިސީރީޒްގެ ހިންދީ ވާޝަނަށްވެސް މިފަދަ މަގުބޫލުކަމެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.
"ފައުދާ" ސީރީޒްގައި ދައްކުވައިދީފައި ވަނީ އިސްރާއިލާއި ފަލަސްތީނުގެ ވާހަކަ އެވެ.
އެޕްލައުސް އެންޓަޓެއިންމެންޓްއިން ޝޯގެ ރިމޭކިންގެ ރައިޓްސް ހޯދާފައިވާއިރު ސީރީޒް ޑައިރެކްޓް ކުރުމަށް ހަމަޖެހިފައިވަނީ ސުދީރް މިސްރާ އެވެ. މިސްރާއަކީ "ހަޒާރޯން ކުވައިޝޭން އެއިސި" އަދި "ޗަމޭލީ" ފަދަ މަގުބޫލް ފިލްމުތަކެއް ހަދާފައިވާ ޑައިރެކްޓައެކެވެ. ފައުދާގެ ރިމޭކް ޝޯ ހަދާނީ ކަޝްމީރުގެ މައްޗަށެވެ.