އިންޑިއާގެ އެންމެ މަގުބޫލު ރިއަލީ ޝޯ ކަމަށްވާ ބިގްބޮސްގެ 15 ވަނަ ސީޒަންގެ ފުރަތަމަ ހަފްތާ ނިންމާލައިފި އެވެ.

ބެލުންތެރިންގެ އެންމެ މަދު ވޯޓު ލިބިގެން ފުރަތަމަ ހަފްތާގައި ބިގްބޮސް ގެއިން ބޭރުވާ ޖެހުނީ ސަހިލް ޝުރޮފަށެވެ.

https://www.instagram.com/p/CU5NLjJhrjH/

ޖަންގަލް ތީމަށް ކުރިއަށް ގެންދާ "ބިގް ބޮސް 15" ވެސް މިފަހަރު ހުށަހަޅައިދެނީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުން ތެރޭގައި ހިމެނޭ ސަލްމާން ޚާނެވެ.

މިފަހަރުގެ ޝޯގައި އެހެން އަހަރުތަކާ ހިލާފަށް ބިގްބޮސްގެ އަޑާއެކު ބޮލީވުޑްގެ މަގުބޫލު ބަތަލާ ރޭކާގެ އަޑުވެސް އިވިގެންދެ އެވެ.

ބިގް ބޮސް ގޭގެ ތެރޭގައި ޖަންގަލި އާއި ގެއެއް ހަދާފައިވާއިރު "ބިގްބޮސް އޯޓީޓީ"ގެ ފައިނަލިސްޓްގައި ހިމެނުނު ތިން ބައިވެރިން ކަމަށްވާ ސަމީތާ އާއި ނިޝާތް އަދި ޕުރަތީކް ބިގްބޮސް ގޭގައި ހޭދަކުރާއިރު އެހެން ބައިވެރިން ތިބެންޖެހިފައި ވަނީ ޖަންގަލީގެ ތެރޭގަ އެވެ.

https://www.instagram.com/p/CU4DoellYe1/

ފުރަތަމަ ހަފުތާ ނިމިގެން ގޮސްފައިވާއިރު، ގިނަ ކަންތައްތަކެއް ވަނީ ޝޯގައި ފެނިގެން ގޮސްފަ އެވެ. އަދި "ބިގް ބޮސް 15"ގެ ފުރަތަމަ ކެޕްޓަން ކަމަށް ސަމީތާ ހޮވިގެން ވަނީ ގޮސްފަ އެވެ.

https://www.instagram.com/p/CU7KvqCKibJ/

ޖޭ އާ ޕުރަތީކްގެ މެދުގައި ވަރުގަދަ ބަހުސްއެއް ހިގަމުން ގޮސް އެކަކު އަނެކަކު ގަޔައް އައްލާވަރު ވެގެންދިޔަ އިރު ސިންބާ އިނީތަށި ހިފައިގެން ކާންއިންނަ މަންޒަރުވަނީ ފެނިގެންގޮސްފަ އެވެ. ޝޯއިންވަކިވާން ޖެހުނު ސަހިލް ބުނެފައިވަނީ ޕުރަތީކް ބޭނުންވަނީ އެހެން މީހުން ލައްވާ ޒުވާބު ކުރުންވާށެވެ.

ތޭޖަސް ވަނީ ބިގްބޮސްއަށް ބޭބީގެ ނަމުން މުހާތަބުކުރަމުން ދިޔައިރު މައިޝާއާ ލީޝާންގެ މެދުގައި ލޯބީގެ އާ ގުޅުމެއް ބަދަހިވަމުންދާތަންވެސް ވަނީ ނިމިދިޔަ ހަފްތާގައި ފެނިފަ އެވެ.

https://www.instagram.com/p/CU5IAS1LpNu/

ޖޭ އާ ފުރަތީކްއާ ދެމެދު ހިގި ޒުވާބުގައި ހުތުރު ބަހުން ވާހަކަ ދައްކާފައިވާތީ ޝޯގެ ހޯސްޓް ވަނީ އެ ދެ ތަރިންނާ މެދު ނުރުހުން ފާޅު ކޮށްފަ އެވެ. އަދި މީގެ އިތުރުން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މިއުޒިކީ ފަންނާނު ޔޮހާނީ، "ބިގް ބޮސް 15" ގައި އޭނާގެ މަޝްހޫރު ލަވަ "މެނިކޭ މަގޭ ހިތޭ" ކިޔާނެ ގޮތް ސަލްމާން ޚާނަށް ދަސްކޮށްދީފަ އެވެ.