ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި ހުންނެވި އިނގިރޭސި ރައްޔިތެއް ކަމަށްވާ ޖޯން ގްރިންޑާލް ވަޒީފާއިން ވަކިކޮށްފި އެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ އެ އޮފީހުގެ ސްލޫކީ މިންގަނޑުން ބޭރުވުމުން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ގްރިންޑާލް މިމަގާމަށް އައްޔަން ކުރީ މިދިޔަ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވި އެ މައްސަލަ މީޑިއާއަށް ތިލަވުމާ ގުޅިގެން ކުރިން ޕެންޝަން އޮފީހުންވަނީ އެކަން ދޮގު ކޮށްފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާ މަގާމުން ވަކިކުރީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައިގަ އެވެ. ނަމަވެސް ޕެންޝަން އޮފީހުން އެކަން އަދިވެސް ދޮގުކުރެ އެވެ.
ގްރިންޑާލްއަކީ މީގެ ކުރިން މޯލްޓާގެ ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ އިންޓަރިމް ޗީފް އެކްޗުއަރީގެ މަގާމާއި، ކޮމްޕެރޭ ގުރޫޕު މޯލްޓާގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ ވަޒީފާގެ އިތުރަށް އިނގިރޭސިވިލާތުގެ މާލީ މުއައްސަސާއެއް ކަމުގައިވާ ލޯއިޑްސް ބޭންކިން ގުރޫޕުގެ ސީނިއާ އެކްޗުއަރީގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ސީއީއޯ ވަޒީފާއިން ވަކިކޮށްފައިވާއިރު އެ ބޯޑުގެ ދެމެމްބަރަކު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އިސްތިއުފާ ދެއްވާފައި ވަނީ އަބްދުﷲ އަލީ އާއި އައިޝަތު ލުއުލުއާ އެވެ.
ދިރާގުފޯރި ލަކީޑްރޯގެ ފައިނަލް ރައުންޑްގައި ވާދަކޮށްގެން ޓީވީއެއް
ތައިލެންޑުން ދޭ އޮން އެރައިވަލް ވިސާ 30 ދުވަހަށް އިތުރުކޮށްފި
ހަސީނާއާ ގުޅުންހުރި 6.2 ބިލިއަން ޑޮލަރުގެ މުދާ ހިފަހައްޓައިފި