ގައުމީ އެއާލައިން، މޯލްޑިވިއަނުން މިދިޔަ އޭޕްރިލް 13، ގައި ފެށި ޕްރިމިއަމް އިކޮނޮމީގެ ހިދުމަތް ހުއްޓާލައިފި އެވެ.
މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވީ ޕްރިމިއަމް އިކޮނޮމީގެ ހިދުމަތް ޖުލައި 10، އިން ފެށިގެން ވަނީ މެދުކަނޑާލާފައި ކަމަށެވެ. ނަމަވެސް ހިދުމަތް މެދުކަނޑާލި ސަބަބެއް ވިދާޅެއްނުވެ އެވެ.
އާ ބައެއް ހިދުމަތްތަކާއެކު ޕްރިމިއަމް އިކޮނޮމީގެ ނަމުގައި މޯލްޑިވިއަން އިން މީގެކުރިން ވަނީ އަގުބޮޑުކޮށް ޓިކެޓް ވިއްކާފަ އެވެ.
އިތުރު ފަސް ކިލޯގެ ލަގެޖު ޕްރިމިއަން އިކޮނޮމީގެ ކަސްޓަމަރުންނަށް ދީފައިވެ އެވެ. އަދި އެއްފަހަރު ހިލޭ ފުރާ ދުވަސް ބަދަލުކުރެވުނެވެ. މީގެއިތުރުން ލޯންޖުގެ ހިދުމަތާއި ހާއްސަ ސީޓުތަކެއްގެ އިތުރުން ދަތުރުމަތީ ހާއްސަ ކެއިން ބުއިން ވެސް ލިބުނެވެ.
މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް ޓިކެޓްގެ އަގު ވަނީ ބޮޑެވެ.
ދިރާގު ރޯދަ ރެޑީ ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިން
އިންތިހާބުގެ ޓައިމްލައިން ކަނޑަނާޅާތީ އެމްޑީން ކަންބޮޑުވެއްޖެ
ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް އަވަހާރަކޮށްލައިފި
