ގޭގައި އަމިއްލައަށް ވެސް މިހާރު ކަސްރަތު ކޮށްލުމަކީ އުދަނގޫކަމެއް ނޫނެވެ. އެކަމަށް ހާއްސަ އެޕްލިކޭޝަން ތަކާއި، ފޮތް ތަކާއި ޕްރޮގްރާމުތައް ވެސް ފަސޭހައިން ބަލާލައިގެން ތިމާގެ ބޭނުން ގޮތަކަށް ހަށިގަނޑު ބައްޓަން ކުރުމަށް ބޭނުންވާ ކަސްރަތުތައް ހޯދުމަކީ ފަސޭހަކަމެކެވެ. ނަމަވެސް މިފަދައިން ކަސްރަތު ކުރާއިރު އެކަމުގެ އެންމެ އެދެވޭ ނަތީޖާ ހޯދުމަށް ކެއުމަށް ސަމާލުވާން ޖެހެ އެވެ.

ކަސްރަތުގެ ކުރިން

ކަސްރަތުގެ ކުރިން ކެއުން އެންމެ ރަނގަޅީ ކާބްސް އެކުލެވޭ އެއްޗެކެވެ. އެހެންނަމަވެސް މާ ގިނަކޮށެއް ނޫނެވެ. މެސެޗޫސެސް ޔުނިވާސިޓީގެ ނިއުޓްރިޝަން ޑިޕާޓްމެންޓުން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ 1 ގަޑިއިރު ކަސްރަތު ކުރާނަަމަ އެންމެ ރަނގަޅީ 1-4 ގްރާމު ކާބްސް ކަމަށެވެ. އެގޮތުން އެންމެ ރަނގަޅީ ކާބްސް ހިމެނޭ މޭވާއެއް ނުވަތަ ނަޓްސް އެއް ކެއުމެވެ.

ކެއުން އެންމެ ރަނގަޅީ ކަސްރަތު ކުރުމުގެ 1-4 ގަޑިއިރު ކުރިންނެވެ. ކާބްސް ހިމެނޭ ތަކެތި ކާއިރު އެންމެ މުހިއްމީ ފެޓްސް މަދު، ގިނައިބް ޕްރޮޓީން ހިމެނޭ ތަކެތި ކެއުމެވެ. އެކަމުގެ ސަބަބުން ކަސްރަތު ކުރަމުން ދާއިރު ހަށިގަނޑުގެ މަސްތައް ވަރުބަލިވުމުން ދުރުކޮށްދެ އެވެ.

ކަސްރަތުގެ ތެރެއިން

ކަސްރަތު ކުރަމުން ދާއިރު ކަސްރަތު ކުރަމުން ދާ ވަގުތަކީ ތިމާގެ ހަށިގަނޑުން ގިނަ އަދަދަކަށް ފެން ބޭރުވާނެ ވަގުތެކެވެ. އެހެންކަމުން ދިޔާ އެއްޗެއް ކަސްރަތުގެ ވަގުތު ބުއިން މުހިއްމެވެ. އެގޮތުން ފެން ނުވަތަ ތާޒާ ޖޫހެއް ބޭނުން ކުރެވިދާނެއެވެ. އަދި ހަމަ އެހެންމެ ކާބްސް ހިމެނޭ މެވާ އެއްވެސް ކެވިދާނެ އެވެ.

ކަސްރަތު ކުރުމަށްފަހު

ކަސްރަތު ކުރުމަށްފަހުކަސްރަތަށްފަހު ކެއުމާއި ދޭތެރޭގައި ވަކި ވަގުތެއް ދޫކުރަން ޖެހެއެވެ. އެެހެންނަމަވެސް މިކަމާއި ދޭތެރޭ އެކި ސިއްހީ މާހިރުންގެ ހިޔާލު ތަފާތެވެ. ނަމަވެސް މަދުވެެގެން 45 މިނެޓާއި 1 ގަޑިއިރާއި ދޭތެރޭގެ ވަގުތެއް ދޫކުރުމަކީ މުހިއްމު ކަމެކެވެ.