އިންޑިއާގެ އެންމެ މަގުބޫލު ރިއަލީ ޝޯ ކަމަށްވާ ބިގްބޮސްގެ 15 ވަނަ ސީޒަންގެ މިހާތަނަށް އައިރު ވަނީ ތަފާތު ހާދިސާތަކެއް ބިގްބޮސް ގޭތެރޭގައި ހިނގާފަ އެވެ.

އެހެން ސީޒަންތަކެކޭ އެއްފަދައިން މިފަހަރުގެ ސީޒަންގައިވެސް ވަނީ އެކިކަހަލަ ޑްރާމާތައް ފެނިގެން ގޮސްފަ އެވެ. އެގޮތުން ބައިވެރިންނަށް ހަވާލުކުރާ ގޭމްތައް ކުޅުމުގައި އެކަކު އަނެއްކަށް ގަޔަށް އަލައި އަނިޔާވާ ގޮތަށް ނިމިގެން ދިޔަ ހަފްތާގައި ވަނީ ފެނިގެން ގޮސްފަ އެވެ.

ޖަންގަލީ ތީމަށް ކުރިއަށްދާ ބިގްބޮސް 15 ގައި ޖަންގަލީ ގައި ތިބި ބައިވެރިންގެ ތެރެއިން ހަތަރު ބައިވެރިޔަކު ބިގްބޮސް ގެޔަށް ވަދުމުގެ ފުރުސަތު ވަނީ ލިބިގެންގޮސްފަ އެވެ. އެއީ ބިގްބޮސް ޖަންގަލީގެ ބައިވެރިންނަށް ހަވާލުކުރި ގޭމަކުން މޮޅުވުމުގެ ސަބަބުން ޖޭ ބަނުޝަލީ، ވިޝާލް ކޯޓިއާ، ތެޖަސްވީ ޕްރަކާޝް އަދި އަކާޝާ ސިންގް ވަނީ ބިގްބޮސް ރަސްމީ ގެޔަށް ވަދެފަ އެވެ. މީގެ ކުރިން ބިގްބޮސް ރަސްމީ ގޭގައި ތިބި ބައިވެރިންނަކީ ސަމީތާ އާއި ނިޝާތް އަދި ޕުރަތީކް އެވެ.

މިފަހަރުގެ ''ވީކެންޑް ކާ ވާރް''ގައި އެއްވެސް ބައިވެރިޔަކު ޝޯއިން ވަކިވެފައިނުވާއިރު ޝޯގެ ހޯސްޓް ސަލްމާން ހާން ވަނީ ބައިވެރިންގެ އަމަލުތަކާއި ހިތްހަމަނުޖެހި ވާހަކަ ދައްކާފަ އެވެ.

އަދި ބިގްބޮސް އަކީ ރެސްލިން ޝޯއެއް ނޫން ކަމަށާއި މިއީ ސިކުނޑި ބޭނުން ކޮށްގެން ކާމިޔާބު ހޯދުމަށް މަސައްކަތް ކުރަން ޖެހޭ ޝޯއެއްކަން ބައިވެރިންނަށް ހަދާކޮށްދީފަ އެވެ. އަދި ބައިވެރިން އެކި ގޭމްތަކުގައި ހިންގާ މާރާމާރީތަކާއި ގުޅިގެން ސަލްމާން ވަނީ ބައިވެރިންނަށް ބޮކްސިން އަންގިއާއި އަތިވަޅިޔާއި މާރާމާރީ ހިންގުމަށް ބޭނުންވާ ސާމާނު ދީފަ އެވެ.

https://www.instagram.com/p/CVFYkxgrNWg/

މީގެ އިތުރުން ޕަންޖާބީ ލަވަކިޔުންތެރިޔާ އަފްސާނާ ހާންގެ އަމަލުތައް ހުންނަ ގޮތާމެދުގައި ހިތްހަމަނުޖެހިގެން އެކަންތައްތައް ރަގަޅު ކުރުމަށް ސަލްމާން ހާން ވަނީ އޭނާއަށް ނަސޭހަތްދީފަ އެވެ.

https://www.instagram.com/p/CVE7vKMDABY/

"ބިގްބޮސް 15" ގޭތެރޭގައި މައިޝާ އައްޔަރު އާއި ލެޝާން ސެހެގާލްގެ މެދުގައި ލޯބީގެ އާ ގުޅުމެއް ބަދަހިވަމުންދާތަން ފެނިގެންދާއިރު ނޭޝަނަލް ޓީވީއިން ފެނިގެންނުވާނެ ފަދަ އަމަލުތައް އެ ދެބައިވެރިންގެ ކިބައިގެން ފެނިގެން ގޮސްފައިވާއިރު އެކަމަށް ސަމާލުކަން ދިނުމަށް ސަލްމާން ވަނީ އެދިފަ އެވެ.

ސަލްމާންގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާހާންވެސް މިފަހަރުގެ ''ވީކެންޑް ކާ ވާރް''ގައި ވަނީ ބައިވެރިންނާއި ބައްދަލުކޮށްފަ އެވެ.

https://www.instagram.com/p/CVIXa1uj2HC/

އަދި ބައެއް ބައިވެރިން ޝޯ ތެރޭގައި އަމަލުތައް ހުންނަނީ އެންމެ ރަގަޅަށް ނޫންކަން ފަރާވެސް ބައިވެރިންނަށް ވަނީ ހަދާކޮށްދީފަ އެވެ. މީގެއިތުރުން ބައެއް ބައިވެރިންގެ ހަގީގަތްތައްވެސް ފަރާ ވަނީ ބައިވެރިންގެ ކުރިމައްޗަށް ގެނެސްފަ އެވެ.

ޖަންގަލް ތީމަށް ކުރިއަށް ގެންދާ "ބިގް ބޮސް 15" ވެސް މިފަހަރުގެ ޝޯގައި އެހެން އަހަރުތަކާ ހިލާފަށް ބިގްބޮސްގެ އަޑާއެކު ބޮލީވުޑްގެ މަގުބޫލު ބަތަލާ ރޭކާގެ އަޑުވެސް އިވިގެންދެ އެވެ.