އައްޑޫގައި ކޮވިޑް ޖެހިގެން ފަރުވާ ދެމުންދިޔަ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 83 އަހަރުގެ ދިވެހި ފިރިހެނެއް މިއަދު ކޮވިޑް ބަލީގައި މަރުވެފައިވާ ކަމަށެވެ. މިއީ އައްޑޫން ކޯވިޑްގައި މަރުވި ފަސްވަނަ މީހާ އެވެ. އަދި މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 239 ވަނަ މީހާ އެވެ.

Adv by Coca Cola
Coca Cola
Adv by Villa Hakatha Pvt. Ltd
Villa Hakatha Pvt. Ltd

ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މާބޮޑަށް އިތުރު ނުވެ ހިފެހެއްޓިފައިވާއިރު، ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ވެސް ވަނީ ދަށަށް ދާން ފަށާފަ އެވެ. އެގޮތުން މިވަގުތު މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 1242 މީހުންނެވެ. މީގެ ތެރެއިން މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 13 މީހަކަށެވެ.