ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކުޅުދުއްފުއްޓަށާއި ދުބާއީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ. ރައީސް ސާލިހު ކުޅުދުއްދުށްޓަށް ވަޑައިގަންނަވަނީ މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ކުޅުދުއްފުށީފައި ކުރިއަށްދާ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.
އެގޮތުން މިއަދު ހަވީރު ކުޅޭ ހާއްސަ ފުޓުބޯޅަ މެޗު ޝަރަފްވެރި ކޮށްދެއްވާނީ ރައީސް ސާލިހު އެވެ. އަދި މިރޭ ބާއްވާ ޒުވާނުންގެ ދުވަހުގެ ޖަލްސާވެސް ޝަރަފްވެރި ކޮށްދެއްވާނީ ރައީސް ސާލިހު އެވެ.
ރައީސް ސާލިހު ދުބާއީއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. ކުޅުދުއްފުށީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެން ދުބާއީއަށް ވަޑާއިގަންނަވަނީ މިހާރު ކުރިއަށްދާ ވޯލްޑް އެކްސްޕޯގައި ބައިވެރިވެ ވަޑައިގަތުމަށެވެ. ދުނިޔޭގެ 200 އަށް ވުރެ ގިނަ ގައުމުން ބައިވެރިވާ މި އެކްސްޕޯގައި އޮކްޓޫބަރު 25 ވަނަ ދުވަހަކީ ރާއްޖެ އަށް ހާއްސަކުރާ ދުވަސްކަމަށްވާތީ އެދުވަހާ ދިމާކޮށް އެކްސްޕޯގައި ޒިޔާރަތްކުރެއްވުމަށެވެ. އެކްސްޕޯ އަށް މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "ކަނެކެޓިން މައިންޑްސް، ކްރިއޭޓިން ދަ ފިއުޗާ" އެވެ.
ރައީސް ސާލިހު ކުޅުދުއްފުއްޓަށާއި ދުބާއީއަށް ވަޑައިގަންނަވާއިރު އއ އަތޮޅުގެ ބައެއް ރަށްރަަށަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވީ މީގެ އެއްދުވަސްކުރިންނެވެ.
ސަލްމާންގެ "މާތުރުބޫމީ": "ކޮންމެހެން ވެސް ބަލަން ޖެހޭ ފިލްމެއް"
ސްޕައިޑަ މޭންގެ މާސްކް ބާލަން ޓޮމް ތައްޔާރު ވަނީ؟
މަޖިލީހުގެ އާ ނައިބު ރައީސަކު ހޮވުމަށް މިއަދު އިތުރު ޖަލްސާއެއް
ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ