މިއަދު ރާއްޖެއިން 84 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިއަދުގެ ކޭސްތަކުގެ އަދަދު 84 އަށް އަރާފައިވާ އިރު، މީގެ ތެރެއިން 52 ކޭސްއަކީ ހަދަމުންދާ ރިސޯޓެއް ކަމަށްވާ ރ. ކުޑަކުރަތުގައި ޕޮސިޓިވްވި މީހުންނެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި އެ ރަށުގައި 21 އަދި 22 އޮކްޓޯބަރުގައި 89 ސާމްޕަލް ނަގާފައިވެ އެވެ. އެގޮތުން އެންމެ ފުރަތަމަ ސާމްޕަލް ނަގައި ޓެސްޓްކޮށްފައި ވަނީ އަލާމާތް ހުރި މީހުން ފެނިގެންނެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު މީގެ ތެރެއިން ހަތަރު ސާމްޕަލް ޕޮސިޓިވްވި އެވެ. އަދި އޭގެ ފަހުން ހުކުރު ދުވަހު ހަތް ކޭސް ޕޮސިޓިވްވެފައި ވެ އެވެ.

މިއަދު މި ފެނުނު 52 ކޭސްއާއި އެކު ޖުމްލަ މިހާރު 63 ކޭސް އެރަށުން ފެނިފައިވެ އެވެ. މީގެ ތެރެއިން އެކަކު މިވަގުތު ވަނީ ބ. އޭދަފުށީ ކޯވިޑް-19 ފެސިލިޓީގަ އެވެ.

މާލެ ސަރަހައްދުން ޕޮޒިޓިވްވީ 30 މީހުންނެވެ. މިވަގުތު މި ބައްޔަށް ފަރުވާ ހޯދަމުން ދަނީ ޖުމްލަ 937 މީހެކެވެ. އޭގެ ތެރެއިން 307 މީހަކު ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގަ އެވެ. 37 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.