ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓައިގާ ޝްރޮފްގެ ވަރުގަދަ އެކްޝަންތަކެއް ފެނިގެންދާ "ގަނަޕަތު"ގެ ރޯލްއަކަށް އަމީތާބު ބައްޗަން އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި "ގަނަޕަތު" އިން އަމީތާބަށް ހުށަހަޅާފައިވަނީ ޓައިގާގެ ބައްޕަގެ ރޯލަށެވެ.

ޑައިރެކްޓަރު ވިކާސް ބާލް ޑައިރެކްޓްކުރަން ހަމަޖެހިފައިވާ "ގަނަޕަތު" އަކީ ވަރު ގަދަ ހަނގުރާމަތަކުގެ ސަބަބުން ދުނިޔެ އަށް ޖެހިފައިވާ ހާލު ދައްކުވައިދޭނެ ފިލްމެކެވެ. މިފިލްމަކީ 2090 ވަނަ އަހަރުގެ ވާހަކަތައް ކިޔައިދޭ ފިލްމެކެވެ.

https://www.instagram.com/p/CVPliRisppX/

އިނގިރޭސިވިލާތުގައި ވަރަށް ބޮޑު ބައި ޝޫޓްކުރަން ހަމަޖެހިފައިވާ "ގަނަޕަތު" ގެ ބަތަލާ އަކީ ޓައިގާގެ ފުރަތަމަ ފިލްމު 2014 ގެ "ހީރޯޕަންތީ" ގެ ބަތަލާ ކްރިތީ ސެނަން އެވެ.

ބޮޑު ބަޖެޓަކުން ވަރަށް ގްރޭންޑްކޮށް ހަދަން ނިންމާފައިވާ އެ ފިލްމުގެ ފުރަތަމަބައި ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު 23 ގައެވެ.