އައްޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސް ނަރުހަކު މަރުގެ މައްސަލާގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މިމަހުގެ 19 ވަނަ ދުވަހު ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އުމުރުން 29 އަހަރުގެ ޕިލިޕީންސް މީހަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެޗެ.

ޕޯސްޓްމޯޓަމް ހެދުމަށް އަންހެން މީހާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަނުން ދާކަމަށާއި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ މަރުވި ނަރުސް މީހާގެ ފިރިމީހާ އެވެ. އެ ދެ މީހުންނަކީ ވެސް ނަރުހުންނެވެ.

އެ އަންހެންމީހާ އާއި އޭނާގެ ފިރިމީހާ މާލޭގައި ދިރިއުޅެނީ އެ ދެމަފިރިންގެ ހަތަރު އަހަރުގެ ދަރިފުޅާ އެކު އެވެ.

މި ހާދިސާއާ ގުޅިގެން ފިރިހެން މީހާގެ ޕާސްޕޯޓު ވަނީ ފުލުހުން އެދިގެން ހިފަހައްޓާފަ އެވެ.