ފަޅޮލަކީ ރާއްޖެއިން ފަސޭހައިން ލިބެން ހުންނަ ހައްދާލާންވެސް އެހާ ފަސޭހަ ގަހެކެވެ. ފައިދާއިން ފުރިފައިވާ މި މޭވާގެ އޮށަކީ އަހަރެމެން ގިނަ ފަހަރަށް ބޭނުން ނުކޮށް އުކާލާ ނަމަވެސް ހަށިގަނޑަށް ގިނަ ފައިދާ ތަކެއް ލިއްބައިދޭ އެއްޗެކެވެ.

އެގޮތުން ފަޅޯ އޮށަކީ ދިފާއި ނިޒާމް ވަރުގަދަ ކޮށްދޭ އެއްޗަކަށް ވުމުގެ އިތުރުން ބެކްޓީރިއަލް އިންފެކްޝަން ތަކަށް ވެސް ފަޅޯ އޮށަކީ ފަރުވާ އެކެވެ.

2014 ވަނަ އަހަރު ކޮށްފައިވާ ދިރާސާއެއްގައި ވާ ގޮތުން ފަޅޯ އޮށުގެ އިތުރުން ފަޅޯ ގަހުގެ ފަތުން ވެސް އިންފެކްޝަންތައް ރަނގަޅު ކުރުމަށް މަސައްކަތް ކޮށްދެ އެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ވަކި މިންވަރެއްގެ ފަޅޯ އޮށް ބޭނުން ކުރުމުން ބަނޑުގައި އުފެދޭ ބެކްޓީރިއާތަކުން ސަލާމަތްވެ ހަޖަމުގެ ނިޒާމުގެ އިތުރުން ގޭސްޓްރިކްގެ މައްސަލަތަކަށް ވެސް ހައްލެއް ލިބިގެން ދާނެ އެވެ.

ފަޅޯ އޮށުން، ގޭސްޓްރިކްވުމުން ދިމާވާ މައްސަލަތައް 84 ޕަސެންޓަށް ދަށްކޮށްދެ އެވެ. މީގެ އިތުރުން ބަނޑުގައި އުފެދޭ އެސިޑްތައް ނައްތާލުމަށް ވެސް މިއީ ރަނގަޅު އެއްޗެކެެވެ. އެއާއެކު ކިޑްނީ ހަލާވުމާއި ފަންގަލް އިންފެކްޝަންތަކަށް ވެސް މިއީ ރަނގަޅު ބޭހެކެވެ.

ފަޅޯ އޮށަކީ އޭގައި ކޮންމެ ވެސް ވަރަކަށް ކުޅި ރަހައެއް އެކުލެވޭ އެއްޗެކެވެ. ގިނަ އަދަދަކަށް ޕްރޮޓީން، ކެލްސިއަމް، މެގްނީސިއަމް އަދި ފޮސްފަރަސް ހިމެނޭ މި އޮށް ރޯކޮށް ވެސް ކެވިދާނެ އެވެ. ނުވަތަ ސެލެޑަކާއިއެކު ވެސް ބޭނުން ކުރެވިދާނެ އެވެ. ނޫނީ ސްމޫތީއެއް ގޮތަށް ބުއިމެއްގެ ގޮތުގައި ވެސް ބޭނުން ކުރެވިދާނެ އެވެ.