ދިވެހި ފިލްމީ ދާއިރާގައި ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ މަޝްހޫރު ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ)ގެ "ޑައިރީ" ޝޫޓިން ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އަމްޖޭ ބުނީ މިމަހު "ޑައިރީ"ގެ ޝޫޓިން ފެށިގެންދާއިރު މިސީރީޒްއިން ފެނިގެންދާނީ ކުޅަދާނަ އެކްޓަރު އިބްރާހިމް ޖިހާދު (ޖިމީ) އާއި ކުރިއަރަމުން އަންނަ އެކްޓްރެސް އާއިޝަތު ލަހުފާ (ލަހޫ) ކަމަށެވެ.

ތޭރަ އެޕިސޯޑްގެ މައްޗަށް ގެނެސްދޭ "ޑައިރީ"ގެ ކޮންމެ އެޕިސޯޑެއް ވަރަށް ތަފާތުވާނެ ކަމަށްވެސް އަމްޖޭ ބުންޏެވެ. "ޑައިރީ" އަކީ އަމްޖޭ ލިޔެ ޑައިރެކްޓް ކުރާ ސީރީޒްއެކެވެ.

ސީރީޒް ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ތެރޭގަ އެވެ.

ކޮވިޑްގެ ބަލިމަޑު ކަމަށް ފަހު އަމްޖޭ ހެދި ފުރަތަމަ ސީރީޒް "ބްރިޖް" މި މަހުގެ 13 ވަނަ ދުވަހު ބައިސްކޯފުން ދައްކަން ފަށާނެ އެވެ.