ރ. އުނގޫފާރުން ރެންޑަމްކޮށް ނެގި ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެރަށް މޮނިޓަރިންއަށް ލައިފި އެވެ.
މޮނޮޓަރިންއަށް ލާފައި އޮންނައިރު އެރަށަކަށް އަރައި ފޭބުމަކީ މަނާ ކަމެކެވެ. އެޗްޕީއޭ އިން ބުނީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް ކަމަށެވެ.
އުނގޫފާރު ކައުންސިލް މެމްބަރަކު ވިދާޅުވި ކޮވިޑަށް ޕޮޒިޓިވްވީ އެރަށުގައި ދިރިއުޅޭ މީހެއް ކަމަށެވެ. ނަމަވެސް އޭނާގެ ގަޔަށް ބަލި އެރިގޮތް އަދި ދެނެގަނެވިފައެއް ނުވެ އެވެ.
އުނގޫފާރަކީ ރީޖިނަލް ހޮސްޕިޓަލެއް ހުންނަ ރަށަކަށްވުމާއެކު އުތުރުގެ ގިނަ ރަށްތަކެއްގެ ރައްޔިތުން ޑޮކްޓަރަށް ދެއްކުމަށްޓަކައި އެރަށަށް ގޮސް ހަދަ އެވެ.
އުނގޫފާރުގެ އިތުރުން މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތީ ކުޅުދުއްފުށި ސިޓީ އެވެ.

ތެލުގެ ހަރަދު ކުޑަކުރުމަށް ބަންގްލަދޭޝްގެ ޔުނިވާސިޓީތައް ބަންދު
އިންތިހާބުތައް އެއްކޮށްލުމުގެ ހަގީގީ މަގުސަދު ސާފުކޮށްދޭން ޖެހޭ
ސްކޭމްގެ މައްސަލަތަކުގައި މިދިޔަ ހަފްތާ ފަސް ލައްކަ ގެއްލުނު!
