ކުރީގެ އަބްދުﷲ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އިއްވި ފަނޑިޔާރަކު ސަސްޕެންޑް ކޮށްފައިވާއިރު، ރައީސް ޔާމީން މިނިވަން ނުކުރާތީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކްރިމިނަލް ކޯޓްގެ ގާޒީ ހުސައިން ފާއިޒު ރަޝާދު ސަސްޕެންޑުކޮށްފައިވަނީ ރައީސް ޔާމީނުގެ ޝަރީއަތާ ގުޅިގެން ދައްކަވާފައިވާ އޯޑިއޯތަކެއް ލީކުވުމާ ގުޅިގެން ފުލުހުން ހިންގި ތަހުގީގުގައި އެ އޯޑިއޯގައި އެކުލެވެނީ އޭނާގެ އަޑުކަން ސާބިތުވުމާ ގުޅިގެންނެވެ.
އެ އޯޑިއޯގައި ފާއިޒުވަނީ އޭނާ ހުރީ ރަހީނުކުރެވިފައިކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކަވާފަ އެވެ. އަދި އެ ޝަރީއަތަށް ނުފޫޒު ފޯރުވިކަން ދޭހަވާ ގިނަ ވާހަކަތަކެއް ފާއިޒު ދެއްކެވި އެވެ. ފާއިޒުގެ އިތުރަށް ބެންޗުގައި ހިމެނިވަޑައިގެންނެވި އިތުރގާޒީންތަކެއްގެ އަޑު ކަމުގައި ބެލެވޭ އަޑުތަކެއް އެކުލެވޭ އޯޑިއޯތަކެއް ލީކުވި ނަމަވެސް އެއީ ސައްހަ އަޑުތަކެއް ނޫން ކަމަށް ފުލުހުން ނިންމާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން ޝިޔާމު ކުރެއްވި ޓުވީޓްގައި ވިދާޅުވީ އެ ފަނޑިޔާރުންގެ އިއްތިފާގުން ރައީސް ޔާމީނުގެ މައްޗަށް އިއްވި ހުކުމް ބާތިލުކުރަން ނުޖެހޭ ސަބަބެއް މިހާރު އެބައޮތްތޯ އެވެ. އަދި އެ ބެންޗުގެ ފަނޑިޔާރަކު އެކަމާ ގުޅިގެން ސަސްޕެންޑުކުރާއިރު ރައީސް ޔާމީން މިނިވަންކުރަންޖެހޭ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
އަދި ފަނޑިޔާރުގެއަށް އަތް ބާނައި ނުފޫޒު ފޯރުވިކަން ޖުޑީޝަލް ސާވިސް ކޮމިޝަނުންވަނީ ސާބިތުކޮށްދީފައި ކަމަށްވެސް ޝިޔާމު ވިދާޅުވި އެވެ.
ދިރާގާއި މިނީސޯ ގުޅިގެން "ގެސް ދަ ސްކޯ" ޕްރޮމޯޝަން ފަށައިފި
"ދިލް ތޯ ޕާގަލް ހޭ"އަށް ގިނަ ބަތަލާއިން ނޫނެކޭ ބުނީ ކީއްވެ؟
ދިރާގު ފޯރި ލަކީޑްރޯގައި 65 އިންޗީގެ ސްމާޓް ޓީވީއެއް
ރައީސް ޔާމީން ދޫކޮށްލާ ރައީސް ޔާމީން މިނިވަންކުރޭ ކޮވިޑް ވެންޓިލޭޓަރުން ވައްކަން ކުރި ވަގުންތައް ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ