އިންޑިއާގެ މަޝްހޫރު "އައިޓަމް ގާލް" އަދި އެކްޓްރެސް ރާކީ ސާވަންތު އެންމެ ފަހުން އޭނާގެ ފިރިމީހާ ބެލުންތެރިންނަށް ދައްކާލައިފި އެވެ.

ރާކީ ސާވަންތު މިދިޔަ "ބިގް ބޮސް 14" ގައި ބައިވެރިވެފައިވާއިރު އެޝޯގައި ވަނީ އޭނާ މީހަކާއި އިނދެގެން އުޅޭ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް ގިނަ ބަޔަކު ރާކީ ދައްކަވުން ދިޔަ ވާހަކަ ވަނީ ގަބޫލުކޮށްފައިނުވެ އެވެ. މިވީހާ ތަނަށް ރާކީ އޭނާގެ ފިރިމީހާގެ ފޮޓޯ އަދި ވީޑިއޯއެއް މީސްމީޑިއާގައި އާއްމުކޮށްފައެއް ނުވެ އެވެ. އަބަދުވެސް ޑުރާމާ ބޮޑު ރާކީ އަށް ގިނަ ބަޔަކު ތުހުމަތު ކުރަމުން ދިޔައީ އެއީ އޭނާ ހަދައިގެން ދައްކާ ވާހަކަތަކެއް ކަމަށް ބުނެ އެވެ.

ވައިލްޑް ކާޑް ބައިވެރިއެއްގެ ގޮތުގައި ރާކީ "ބިގް ބޮސް 15" ގެޔަށް މިހާރު އައިސްފައިވާއިރު މިފަހަރުގެ ޝޯގައި އޭނާ އާއެކު އޭނާގެ ފިރިމީހާވެސް ޝޯގައި ވަނީ ބައިވެރިވެފަ އެވެ.

މިފަހަރުގެ ބިގް ބޮސް ސީޒަން ޓީއާރުޕީ ދަށްވެފައިވާއިރު ޓީއާރުޕީ އިތުރަށް ރަގަޅު ކުރުމަށްޓަކައި މީގެ ކުރިން ބިގް ބޮސް ސީޒަން ގައި ބައިވެރިވެފައިވާ ބައިވެރިންތަކެއް ވައިލްޑް ކާޑްގެ ގޮތުގައި ވަނީ ގެނެސްފަ އެވެ.

އެގޮތުން ރާޝްމީ ދެސާއީ، ޑެވޮލީނާ ބެޓާޖީ އަދި ރާކީ ސާވަންތުގެ އިތުރުން ހަތަރު ވަނަ ވީއައިޕީއެއްގެ ގޮތުގައި ރިތޭޝް ބިގްބޮސް ގެއަށް ވަނީ ވަދެފަ އެވެ. އަދި ރިތޭޝް އަށް ޝޯގެ ބައިވެރިން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

https://www.instagram.com/p/CWvCVsoLQcS/

މިޝޯއަށް ރާކީ އާއި ރިތޭޝް ވަދެފައިވާއިރު އެދެމީހުން ދިމާވި ގޮތާއި ކައިވެންޏާ ހިސާބަށް ދިޔަ ގޮތުގެ ވާހަކަ ކިޔައިދީފަ އެވެ. އެގޮތުން ރިތޭޝް ބުނިގޮތުގައި އޭނާ ފުރަތަމަ ރާކީއާ ވާހަކަ ދެއްކުމުން އެއަށް ޖަވާބު ނުދީ ހުރެފައި އެންމެ ފަހު ރާކީ ވަނީ ރިތޭޝް ކައިވެނި ކުރުމަށް އެދިފަ އެވެ.

ރާކީ އާއި ރިތޭޝް ކައިވެނިކޮށްފައިވަނީ މީގެ ދެ އަހަރު ކުރިނެވެ. އަދި ކޮވިޑުގެ ސަބަބުން ލޮކްޑައުން ވި އިރު ރިތޭޝް ހުރީ ލަންޑަނުގައި ކަމަށާއި ރާކީ ބިގްބޮސް 14 ގައި ބައިވެރިވީ ކަމުގައި އެމީހުން ބުނެ އެވެ.

https://www.instagram.com/p/CWxsP7JpKp1/