ކޮންމެ އަހަރަކާއެކު ވެސް ފެޝަން ޓްރެންޑްތަކަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. ޒުވާނުންގެ މެދުގައި މަގުބޫލު ހޮވުންތައް ތަފާތުވެ އެއިރެއްގެ އެންމެ "ޓްރެންޑީ" ސްޓައިލުތައް ވައިގައި ހިފަ އެވެ. މިލިޔުމުގައި މި ބަލާލަނީ އަންނަ 2022 ވަނަ އަހަރު ވައިގައި ހިފާނެ ކަމަށް ބެލެވޭ ބައެއް ފެޝަން ޓްރެންޑްސް ތަކަށެވެ.

ރެޓްރޯ ސްޓައިލްތައް

ފެޝަން ކަލެކްޝަންއެއް

މިއީ އަބަދުވެސް ފެޝަންގެ ދުނިޔޭގައި ދައުރުވަމުން އަންނަ އާދަ އެކެވެ. މާ ކުރީގެ ކްލެސިކް ހެދުންތައް އަލުން އަނބުރާ އިޔާދަ ވުމެވެ. މިގޮތުން 2020ގައި ވެސް 1990ގެ އަހަރުތަކުގެ ބައެއް ޓްރެންޑްތައް ފެންނާނެކަމަށް ލަފާކުރެވެ އެވެ.

ސޫޓްސް

ފެޝަން ކަލެކްޝަންއެއް

ސޫޓްސް ނުވަތަ ކޯޓު ފަޓުލޫނަކީ އަބަދުހެންމެ މީހުން ލައިއުޅޭ އެއްޗެކެވެ. ނަމަވެސް މި ފަހަކުން، މި ކޯޓު ފަޓުލޫނުގެ ހިޔާލު ބޭނުންކޮށްގެން އެކި ޑިޒައިންތަކުގެ ހެދުންތައް ފަރުމާކުރެވެމުންދެ އެވެ. މިގޮތުން މިފަހުން އެންމެ ޓްރެންޑްވާނެ ކަމަށްބެލެވެނީ ގަޔަށް ދޫކޮށް، ދިގުކޮށް އަދި ފައިކުރި ސީދާކޮށް ހުންނަ ކޯޓު ފަޓުލޫނު ތަކެވެ.

އޯވާސައިޒްޑް ފެޝަން

ފެޝަން ކަލެކްޝަންއެއް

މި ދުވަސްވަރުގެ ޑިޒައިނާ ކަލެކްޝަންތަކުގައި ފިރިހެނުންގެ ހެދުންތައް އާންމުކޮށް ފެންނަނީ އިރުމަތީ ހިސާބުތަކުން އިންސްޕަޔާވެގެން ފަރުމާކޮށް ފަހު ހުންނަ ގަޔަށް ދޫ ދިގު ސްޓައިލްތަކެވެ. ޓުނިކްސް، ކަފްތާން އަދި ދިގުގަމީސްތައް ރަންވޭތަކުގައި ވިދާލާފައިވާއިރު، ބޮހޭމިއަން ޑިޒައިންތައް މާބޮޑަށްވެސް އުޅެނީ ކުރީގަ އެވެ.